Advertisement

ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް ބަދަލުތަކެއް ގެނެސްފި

08 Nov 2020 | 13:35

ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް ބަދަލުތަކެއް ގެނެސްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، 08 ނޮވެމްބަރ 2020 އިން ފެށިގެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ކަމަށެވެ.

އަދި ސައިހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 4:30 އިން ރޭގަނޑު 11:30 އަށްކަމަށްވެސް ވަނީ ނިންމާފައެވެ.

މިތަންތަނުގެ ޚިދުމަތްތައް ދޭއިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ޚިދުމަތްތައް ދޭން ވަނީ އެދިފައެވެ.

ފޮޓޯ: ހަފްތާ

Advertisement

ކޮމެންޓް