Advertisement

މި މީހާާ މުއްސަނދިވީ ގޮނޑުދޮށް ހަދައިގެން!

25 Nov 2018 | 06:29

ދުނިޔޭގައި އެކި މީހުން މުއްސަނދި މިލިޔަނަރުންނަށް ވަނީ އެކި ގޮތްގޮތުންނެވެ. ނަމަވެސް ކޮންމެ ގޮތަކަށްވިޔަސް، ބުރަ މަސައްކަތަކާއި ނުލައި މީހުން މުއްސަނދިވުމަކީ އުނދަގޫ ކަމެކެވެ.

އެމެރިކާއަށް ނިސްބަތްވާ އެރިކް ވައިޓްގެ ވާހަކައަކީވެސް މިފަދަ ވާހަކައެކެވެ. ހުންނާނެ ގެޔެއް ނެތި، މާލީ ހާލަތު ތަންނުދިނުމުގެ ސަބަބުން އުމުރުން 15 އަހަރުގައި ރަނގަޅަށް ލިޔަންކިޔަން ނޭނގޭ ހާލު، ސްކޫލުން ވަކިވި ކުއްޖަކީ މިއަދު ބޮޑު މިލިޔަނަރެކެވެ. ކާމިޔާބު ވިޔަފާރިވެރިއެކެވެ.

މިއަދު އުމުރުން 32 އަހަރުގެ އެރިކް ވައިޓްއަކީ މީހުންގެ ގޭގެ ފަހަތުގައި އޮންނަ ހުސްޖާގަތަކުގައި މަސްނޫއީ ގޮނޑުދޮށްތައް ހަދައިގެން އާމްދަނީ ހޯދާ މީހެކެވެ.

ސްކޫލުން ވަކިވެ، އާމްދަނީ ހޯދުމަށް އެކި ކޮންސްޓްރަކްޝަން ކުންފުނި ތަކުގައި އުޅެމުން، އެންމެ ފަހުން އެރިކް އޭނާގެ އަމިއްލަ ސްވިމިންގް ޕޫލް ހަދާ ކުންފުންޏެއް އުފެއްދިއެވެ. އެ ކުންފުނީގެ ވިޔަފާރި ކާމިޔާބު ކަމާއި އެކު ހިނގައިގަނެ މަގުބޫލުވުމުން، އޭނާ ނިންމީ ތަފާތުކަމެއް ކުރާށެވެ. އެހެންކަމުން އެ ކުންފުނި ވިއްކާލުމަށްފަހު އޭނާ އާ މަސައްކަތެއްގެ ގޮތުގައި މަސްނޫއީ ގޮނޑުދޮށްތައް ހަދަން ފެށިއެވެ.

20،000 ޑޮލަރަށް ހަދަން ފެށި މި ޚާއްސަ ގޮނޑުދޮށްތަކަށް އެމެރިކާގެ އެކު ސަރަހައްދުތަކުގައި ބޮޑު މަގުބޫލުކަމެއް ވަނީ ލިބިފައެވެ. އެރިކް ވައިޓްއަށް ވަނީ ސްކޫލްގައި އުޅުނު އިރު ނުލިބުނު ފަދަ އުފާތަކާއި ފައިސާތައް ލިބިފައެވެ.

Advertisement

ކޮމެންޓް