ކޮވިޑް-19 ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 40އަށް!

08 Nov 2020 | 23:10

ކޮވިޑް-19 ބަލީގައި ދިވެހިރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދު 40 އަށް އަރައިފިއެވެ.

އެގޮތުން އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 40 އަށް އަރާފައެވެ.

ބެލެވޭ ގޮތުގައި މި އަދަދު 40 އަށް އެރީ ހުޅުމާލެ ހޮސްޕިޓަލަށް މިއަދު ގެންދެވުނު ބިދޭސީ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ. 43 އަހަރުގެ މި މީހާ ހޮސްޕިޓަލަށް ގެންދެވުނު އިރުގައިވެސް އޮތީ ނިޔާވެފައިކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން މިއަދު މެންދުރު ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 24 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި 06 ބިދޭސީންނެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 11،986 އަށް އަރާފައެވެ. މީގެ ތެރެއިން 226 މީހަކަށް އައިސޮލޭޝަންގައި ފަރުވާދެމުން އަންނައިރު 60 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު 11،092 ވަނީ އަރާފައެވެ.

Advertisement

ކޮމެންޓް