ރިސޯޓްތަކުގެ ވެރިންގެ ދިފާއުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވައިފި

10 Nov 2020 | 14:30

ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާ މެދު ގަސްތުގައި އެރިސޯޓުތަކުގެ ވެރިން އިހުމާލުވެ ދެރަކޮށް ނުހިތާނެފަދަ މޭރުމަކުން ވާހަފުޅު ދައްކަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރިސޯޓްތަކުގެ ވެރިންގެ އިހުމާލެއް އޮންނަ ގޮތަށް މަންޒަރު ސިފަ ކުރުމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އެހެންނަމަވެސް ރިސޯޓްތައް ހިންގާ ފަރާތްތަށް ކަނަޑައެޅިގެން ގަސްތުގައި އެ ބޭފުޅުންގެ މުވައްޒަފުންނާ ދޭތެރޭގައި ދަތިކޮށް ކަންތައްކުރުމަކީ އެތަނުގެ ވެރިންގެ އަމާޒެއް ކަމުގައި ނަޝީދު ފާހަގަކުރެއްވިއެވެ.

ކަނޑިންމަ މޯލްޑިވްސް ރިސޯޓުގައި ހުއްޓާ ހާލު ބޮޑުވެގެން އުމުރުން 60 އަހަރުގެ މީހަކު އިތުރު ފަރުވާއަށް ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ނިޔާވެފައެވެ. ނަމަވެސް އެމީހާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނީ ނިޔާވިފަހުންނެވެ.

މިހާތަނަށް އައިއިރު އެރިސޯޓުން 60 މީހަކު ޕޮޒިޓިވްވެފައިވާކަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement