އަޅުގަނޑަކީ އެހާ ފަސޭހައިން ރޯ މީހެއް ނޫން: ރައީސް ޞާލިހް

11 Nov 2020 | 14:15

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަކީ އެހާ ފަސޭހައިން ކީރިތި ކުރައްވާ ބޭފުޅެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ މިއަދު ހެނދުނު ރާއްޖެޓީވީން ގެނެސްދިން "ފަށާއިރު" ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ވާހަކަދައްކަވަމުންނެވެ.

ޕްރޮގްރާމްގެ ޕްރެޒެންޓަރ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނަކީ އެހާ ފަސޭހައިން ރޯ މީހެއް ނޫންކަމަށާއި، އިހުސާސްތައް އެތެރޭގައި ހިފެހެއްޓޭ ކަމަށެވެ. އަދި އެމަނިކުފާނުގެ އިހުސާސްތަކަކީ އެހާ ބޮޑަށް ބޭރުކުރާ އެއްޗެއް ނޫންކަމަށާއި، ވަކިން ޚާއްސަކޮށް ޒާތީ ކަންކަމުގައި އިހުސާސްތައް ހިފަހައްޓަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިހް އިތުރަށް ވިދާޅުވީ ކޮވިޑް މާލެެއިން ފުރަތަމަ ފެނުނު ދުވަހުގައި ވާހަކަ ދައްކަވަމުން ކީރިތިކުރެއްވުމަކީ ކުއްލިއަކަށް އޮޓޮމެޓިކުން އައި އިމޯޝަނެއްކަމަށެވެ. އަދި އެ ހިފެހެއްޓުމަށް ވަރަށް މަސައްކަތްކުރެއްވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެ ދުވަހު ލައިވްކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ކީރިތި ކުރެއްވުން އިދިކޮޅު ފަރާތްތަކުން ވަނީ ޕީއާރު ސްޓަންޓެއްގެ ގޮތުގައި ސިފަކޮށްފައެވެ. 

Advertisement

ކޮމެންޓް