ބިދޭސީންނަށް ރެސިޑެންޓް ވިސާ ލިބޭގޮތަށް ގާނޫނަަށް ގެނައި ބަދަލު އިދިކޮޅު ކޯލިޝަނުން ކުށްވެރިކޮށްފި

11 Nov 2020 | 20:14

ދިވެހިރާއްޖޭގައި 250،000 ޑޮލަރު އިންވެސްޓުކުރާ މީހުންނަށް ރާއްޖޭގައި ތިބެވޭ ގޮތަށް ކޯޕަރޭޓް ރެސިޑެންޓޤ ވިސާ ދޫކުރުމަށް އިމިގްރޭޝަން ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ގެނައި އިސްލާޙް ޕީޕީއެމް އަދި ޕީއެންސީން ބަލައިނުގަންނަ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރެސިޑަންޓް ވިސާ ދޫކުރުމަށް ޤާނޫނަށް ގެނައި ބަދަލުގެ ސަބަބުން ޤައުމުގެ ހަމަޖެހުމަށާއި، މިނިވަން ކަމާއި އިސްތިޤްލަލަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ.

ހަމައެއާއެކު ރާއްޖޭގެ ވިޔަފާރިތަކަށް އިތުރު ގެއްލުންތަކެއް ކުރިމަތިވެގެން ދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް އެބަޔާނުގައި ވެއެވެ. އެބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ގާނޫނަށް މިގެނެވުނު އިސްލާހުގެ ސަބަބުން އެކޯލިޝަނާއި ދިވެހިރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކައިރި ގައުމުތަކުން އަގުހެޔޮ ލޭބަރުން އިތުރުވެ އެމީހުންގެ ގެސްޓު ހައުސްއާއި އެހެނިހެން ވިޔަފާރީގެ ކޮންޓްރޯލް ނެގުމާއި ރާއްޖޭގެ އާބާދީގެ ތެރޭގައި ދިވެހިންގެ ގޮތުގައި މަޑުމަޑުން ބަލައިގަންނަން ފެށުމެވެ.

މިބަދަލާއި ގުޅިގެން ޕީޕީއެމްގެ ނައިބް ރައީސް ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރެސިޑެންސް ވިސާ ދޫކުރުމަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރެސިޑެންސް ވިސާ ދޫކުރުމަކީ ނުބައި އަމާޒެއް ޙާސިލްކުރަން ބަޔަކު ކުރާ މަސައްކަތެއް ކަމަށެވެ.

Advertisement

ކޮމެންޓް