Advertisement

އުމުރުފުޅުން 84 އަހަރުގައި ބަޚްރެއިންގެ ބޮޑުވަޒީރު އަވަހާރަވެއްޖެ

11 Nov 2020 | 17:31

ބަޚްރެއިންގެ ބޮޑުވަޒީރުކަމުގެ މަގާމުގައި މިވަގުތު ހުންނެވި އަދި އެންމެ ދިގު މުއްދަތެއް ވަންދެން އަދާކުރެއްވި ޝައިޚް ޚަލީފާ ބިން ސަލްމާން އަލް ޚަލީފާ އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 84 އަހަރުގައި އެބޭފުޅާ ނިޔާވިކަން ބަޚްރެއިންގެ ދައުލަތުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ވަނީ އިއުލާންކޮށްފައެވެ.

ޝައިޚް ޚަލީފާ ބިން ސަލްމާން އަލް ޚަލީފާ އަވަހާރަވެފައިވަނީ އެމެރިކާގެ މަޔޯ ކްލިނިކް ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އެބޭފުޅާ އަވަހާރަވުމުގެ ހިތާމައިގައި ހަފްތާއެއް ވަންދެން އެގައުމުގައި ދިދަތައް ބައިދަނޑިއަށް ތިރިކުރުމަށް ބަހްރެއިންގެ ރަސްގެފާނު ވަނީ ނިންމަވާފައެވެ.

ބަހްރެއިންގެ ބޮޑުވަޒީރު އަވަހާރަވެފައިވަނީ ކޮން އާލާސްކަންފުޅެއްގައިތޯ މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ޝައިޚް ޚަލީފާ ބިން ސަލްމާންގެ ބޮޑުވަޒީރުކަން ފާހަގަކުރެވިފައިވަނީ ބަހްރެއިން އިގްތިސާދީ ގޮތުން ވަރަށް ބޮޑަށް ކުރިއަރައި، މެދުއިރުމަތީގައި ބާރުގަދަ ގައުމަކަށް ބަހްރެއިން ވީ ދުވަސްވަރެއްގެ ގޮތުގައެވެ. ނަމަވެސް އެބޭފުޅާގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައެވެ.

Advertisement

ކޮމެންޓް

Advertisement