މީރާގެ ޕާކިންގ ޒޯނުން ގޮތްނޭގޭ އެއްޗެއް ފެނިގެން ޗެކްކޮށްފި، ނުރައްކަލެއްނެތް!

12 Nov 2020 | 13:57

އެމްޑަބްލިއުއެސްސީ ކައިރީގައި އޮންނަ މީރާގެ ޕާކިން ޒޯނުގައި ރޭ ހަރަކާތްތެރިވީ ގޮތްނޭނގޭ އެއްޗެއް އޮތްކަމުގެ މައުލޫމާތު ލިބިގެންކަމަށް ފުލުހުން ބުނެފިއެވެ.

ނަމަވެސް އެތަނުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށް ކަށަވަރުކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފުލުހުން ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން ރާވަމުން ދިޔަ ބަޔަކު ހުއްޓުވާ، ރޭގެ ވަގުތެއްގައި އެ މީހުން ހައްޔަރުކޮށްފައެވެ.

އެގޮތުން މިހާތަނަށް ޖުމްލަ ހަމީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ މާލެ އަދި ތިމަރަފުށިންނެވެ.

Advertisement

ކޮމެންޓް