އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންނަށް އިންޓަޕޯލްގެ ޑޭޓާއަށް އެކްސެސް ދެނީ

12 Nov 2020 | 15:08

އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންނަށް އިންޓަޕޯލްގެ ޑޭޓާއަށް އެކްސެސް ދެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމް ނިއުސް އާއި ވާހަކަދައްކަވަމުން ކޮމިޝަނާ އޮޕް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންނަށް އިންޓަޕޯލްގެ އެކްސެސް ދެވޭނެ ކަމަށެވެ.އެގޮތުން ބައިނަލް އަގްވާމީ ފުލުހުންގެ އިދާރާ އިންޓަޕޯލްގެ އެކި ވަސީލަތްތަކަށް ވަދެވޭނެ އިންތިޒާމުވެސް ފުލުހުންގެ މުއައްސަސާގައި ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހަދާފައިވާ ކަމަށް ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ އިންޓަޕޯލްގެ އެކްސެސް މިހާރު އޮންނަނީ ފުލުހުންގެ ތެރޭގައި އޮންނަ ވަކި ޚާއްސަ ޑިޕާރޓްމެންޓަކަށް ކަމަށާއި، ނަމަވެސް އިންޓަޕޯލަށް އެކްސެސްވެ އޭގެ މައުލޫމާތުތަކާއި ވަސީލަތްތައް ހޯދޭނެ އިންތިޒާމް ފުލުހުން ހިންގާ އެކި އޮޕަރޭޝަންތަކަށް ދިނުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށެވެ.

އެހެންކަމުން އަންނަ އަހަރު މާލޭގެ އިތުރުން އަތޮޅުތެރޭގައި ގާއިމްކުރެވިފައިވާ 85 ފުލުހުންގެ އިދާރާތަކުގައި މަސައްކަތްކުރާ ފުލުހުންނަށް ތަފާތު ޑޭޓާބޭސްތަކަކަށް އެކްސެސްވެވޭނެ ގޮތް މިހާރު ހަމަޖައްސާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް