Advertisement

ކަރަންޓީނުނުވެ ރަށްރަށަށް ނުދެވެނީ އަންލިންކްޑް ކޭސްތައް މަދުނުވާތީ: ޑރ ނަޒްލާ

13 Nov 2020 | 14:14

އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްލާ ވިދާޅުވީ، މާލެ ސަރަޙައްދުން ފެންނަ އަންލިންކްޑް ކޭސްތައް މަދު ނުވަނީސް ރަށްރަށަށް ދިއުމުގެ ހުއްދައެއް ނުދެވޭނެ ކަމަށެވެ.

އާންމުންގެ ހުރި ކަންބޮޑުވުންތައް ފާހަކުރައްވަމުން ޑރ.ނަޒްލާ ވިދާޅުވީ، ކޮވިޑް-19 ގެ ކޭސްތަކުގެ 22 އިންސައްތަ އަކީ މިހާރުވެސް އެއްވެސް ޕޮޒިޓިވް ކޭސްއަކާ ބައްދަލުނުވާ ބައެއް ކަމަށެވެ.އެހެން ނަމަވެސް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔި ދިނުމުގައި ވިސްނަންޖެހޭ ގިނަ ކަންކަން އެބަހުރި ކަން ފާހަގަކުރައްވައި ނަޒްލާ ވިދާޅުވީ މާލޭގައި ބަލި ފެތުރުން އިތުރުވިއިރުވެސް ސިއްޙީ ދާއިރާގެ މީހުން މާލެއަށް ގެންނަން ޖެހުނު ކަމަށެވެ.އަދި އަތޮޅުތެރޭގައި ސިއްހީ ދާއިރާއާއި މެދު ވިސްނަން ޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ.

ޑރ.ނަޒްލާ އިތުރަށް ވިދާޅުވީ، ރަށްރަށަށް ކަރަންޓީނަށް ގޮސް، ކަރަންޓީނު ނިމިގެން ޓެސްޓު ކުރިއިރު 198 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ، މާލެއިން ރަށްތަކަށް ކަރަންޓީނުނުވެ ދެވޭނީ މާލޭގެ މުޖްތަމަޢުގެ ތެރެއިން އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވް ނުވާ ހިސާބަށް ޙާލަތު ރަނގަޅުވުމުންނެވެ.އެހެން ނަމަވެސް މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތަކަށް ބަލައި ވީ އެންމެ އަވަހަކަށް ލުއި ދޭނެކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement