ގަލްފް ކްރާފްޓުން ދިވެހިރާއްޖޭގައި ބިޔަ މަޝްރޫއުއެއް ހިންގަނީ

14 Nov 2020 | 14:41

ބޯޓު އަދި ލޯންޗްފަހަރު ބަނުމުގެ ސިނާއަތުގައި ދުނިޔޭގެ ފެންވަރުގައި ކާމިޔާބީތަކެއް ހޯދާފައިވާ ގަލްފްކްރާފްޓް ކުންފުނިން ދިވެހިރާއްޖޭގައި ބިޔަ މަޝްރޫއުއެއް ހިންގުމަށް ނިންމައިފިއެވެ.

އެގޮތުން އެކުވެރި އަރަބި އިމާރާތުގެެ މި ނަން މަޝްހޫރު ކުންފުނިން މާލެ އަތޮޅުން ފަޅެއް ހިއްކައި، އާ ފެކްޓްރީއަކާ، މެރީނާއަކާ، މެރިޓައިމް ސްކޫލަކާއި އަދި ރިސޯޓެއް ހެދުމަށް ނިންމާފައެވެ. ގަލްފް ލެގޫންގެ ނަމުގައި ހިންގާ މި މަޝްރޫއުގެ ޖުމްލަ އަގު ގާތްގަނޑަކަށް 400 މިލިޔަން ޑޮލަރަށް އަރާނެކަމަށް ގަލްފް ކްރާފްޓުން ލަފާކުރެއެވެ.

މި މަޝްރޫއު ފެށުމުގެ ގޮތުން ބިންހިއްކުމުގެ މަސައްކަތް ރާއްޖޭގެ ކުންފުންޏެއްކަމަށްވާ އެސްއޭއެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ވަނީ ހަވާލުކޮށްފައެވެޱތިލަފުށީގައި ހުންނަ ގަލްފްކްރާފްޓް މޯލްޑިވްސް ބޯޓްޔާޑްގައި އޮތް މި ރަސްމިއްޔާތުގައި ގަލްފްކްރާފްޓްގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން މުހައްމަދު ހުސައިން އަލްޝާލީ އެވެ.

މި އެއްބަސްވުމުގެ ދަށުން ބިންހިއްކައި، ހިއްކި ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކޮށް ނިންމުމަށް އެކުންފުންޏަށް ލިބެނީ ޖުމްލަ ތިން އަހަރެވެ. އެހެންކަމުން މި މަސައްކަތް 2023 ވަނަ އަހަރުގަައި ނިންމާލަން ޖެހޭނެއެވެ.

Advertisement

ކޮމެންޓް

Advertisement