އެސްޑީއެފްސީއިން ދޫކުރަމުންދާ ލޯނުތަކަށް އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

15 Nov 2020 | 22:45

އެސްޑީއެފްސީ އިން ދޫކުރަމުންދާ ލޯނުތަކަށް އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެސްޑީއެފްސީއިން މިފުރުސަތު ހުޅުވާލަާފައިވަނީ ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުންނެވެ.

އެގޮތުން ކައުންޓަރުންނާއި އީމެއިލް މެދުވެރިކޮށް ބަލައިގަންނަމުންދިޔަ ލޯނު އެޕްލިކޭޝަންތައް މި ހިނގާ ނޮވެމަބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާގޮތަށް ވަނީ ބަދަލުގެނެވިފައެވެ. އެހެންކަމުން އެތާރީޚުން ފެށިގެން ކައުންޓަރުންނާއި އީމެއިލް މެދުވެރިކޮށް ފޯމު ބަލައިގަތުންވަނީ ހުއްޓާލާފައެވެ.

އެ ކޯޕަރޭޝަންގެ ވެބްސައިޓަގައިވާ ގޮތުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ލޯނު އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި އީފާސް އެކައުންޓެއް ބޭނުންވާނެއެވެ.

އީފާސްއަކީ ސަރުކާރު މުއައްސަސާތަކުން އޮންލައިންކޮސް ޚިދުމަތް ހޯދުމަށް ބޭނުންކުރާ އެކައުންޓެކެވެ.

Advertisement

ކޮމެންޓް

Advertisement