އެމްއައިބީއެފްއައިސީ މިމަހު ހޮޓެލް ޖެންގައި

25 Nov 2018 | 11:31

އިސްލާމިކް ބޭންކިން އާއި ފައިނޭންސް އިންޑަސްޓްރީއާ ބެހޭ ގޮތުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކޮންފަރެންސް މޯލްޑިވްސް އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް އިންޑަސްޓްރީ ކޮންފަރެންސް (އެމްއައިބީއެފްއައިސީ) މި މަހުގެ 27 ގައި ހޮޓެލްް ޖެންގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ކޮންފަރެންސަކީ ސްރީލަންކާގެ ޔޫޓީޔޫ އެޑިއު ކޮންސެލްޓެންސީ ސްރީލަންކާ އިން އިންތިޒާމުކޮށްގެން މިގޮތައް ރާއްޖޭގައި ބާއްވާ ފަސް ވަނަ ކޮންފަރެންސެވެ.

އަދި މި ކޮންފަރެންސުގެ ޕާޓްނަރުގެ ގޮތުގައި މި އަހަރު ހިމެނޭފަރާތްތަކުގެތެރޭގައި އޭޑީއެލް ކެޕިޓަލް ސްރީލަންކާ އާއި އަމާނާތަކާފުލް މޯލްޑިވްސް އަދި އަޔާދީ ތަކާފުލް އާއި ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިތުރުން ވުމެން އޮން ބޯޑް (ޑަބްލިއުބީ) އާއި މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) ގެ އަދި ކޭޕީއެމްޖީ މޯލްޑިވްސް ކަމަށް އެމްއައިބީ އިން މައުލޫމާތު ދެއްވައެވެ.

އިސްލާމިކް ފައިނޭންސް ދާއިރާގެ މަގުބޫލުކަން ލިބިފައިވާ ގިނަ ފަރާތްތަކާއި ރާއްޖޭގެ ފަރާތްތަކުން ބައިވެރިވާގޮތައް ހަމަޖެހިފައިވާ މި އަހަރުގެ ކޮންފަރެންސުގައި ސްޕީކާސްގެ ގޮތުގައި ގިނަ ފަރާތްތަކުން ވާހަކަ ދައްކަވާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އޭގެތެރޭގައި ކީނޯޓް އެޑްރެސް ދެއްވުމަށް ހަމަޖެހިިފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު އާއި މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސްގެ ޗެއާޕާސަން އައިޝަތު މުނީޒާ އެވެ.

Advertisement

ކޮމެންޓް