Advertisement

މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުން އިތުރު ފީއެއް ނަގަން ބަޖެޓްގައި ހިމަނައިފި!

17 Nov 2020 | 00:07

މާލެ ސަރަޙައްދުގައި ދުއްވާ އުޅަނދުތަކުން އިތުރު ފީއެއް ނެގުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށައެޅުނު 2021 ވަނަ އަހަރަށް ލަފާކުރާ ބަޖެޓްގައި މާލެ ސަރަޙައްދުގައި ދުއްވާ އުޅަނދުތަކުން އިތުރު ފީއެއް ނެގުމަށް ފިނޭންސް މިނިސްޓްރީން ވަނީ ހުށަހަޅާފައެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓްގައި އަންނަ އަހަރު އާމްދަނީ ހޯދާނެ ގޮތްތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ދުއްވަ އުޅަނދުތަކުން އިތުރު ފީއެއް ނެގުމަށް ހުށަހަޅާފައި ވެއެވެ.

އެ ފީއަކީ މާލެ ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރުމަށް ނަގާ ފީއެއް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެ މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި އުޅަނދުތަކުން ފީ ނަގާނީ އަހަރީ ފީ ނެގުމަށް ކަނޑައެޅިފައިވާ ރޭޓު ތަކަށެވެ.

ފިނޭންސްއިން ވިދާޅުވީ މާލޭ މަގުތަކުގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ބޮޑެތި ޚަރަދުތައް ހިނގާ ކަމަށެވެ. އެގޮތުން އެކްސިޑެންޓް ގިނަވުމާއި މާލެގެ މަގުތަކުގެ ޖާގައަށްވުރެ ގިނައިން އުޅަނދު ދުއްވުމުން މަގުތަކަށް ގެއްލުންވެ މަރާމާތަށް ގިނަ ޚަރަދު ކުރަން ޖެހޭ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

Advertisement

ކޮމެންޓް