Advertisement

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ޝާހިދުގެ ޚާއްސަ މެސެޖެއް މޮރޮކޯގެ ޚާރިޖީ ވަޒީރަށް!

17 Nov 2020 | 20:34

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޝާހިދު، މޮރޮކޯގެ ފޮރިން މިނިސްޓަރ ނަސީރް ބައުރީތާއަށް ޚާއްސަ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރ ޝާހިދުގެ މި މެސެޖްގައި ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރް މަހުގެ ދެވަނަ ދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރަނީ ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައިކަމަށާއި، 12 ވަނަ ޤަރުނުގެ ތެރޭގައި ދިވެހިރާއްޖެ އިސްލާމްވުން ވެގެން ދިޔައީ ރާއްޖޭގެ ތާރީޚު އެއްކޮށް ބަދަލުކޮށްލި ކަމަކަށް އެކަނި ނޫންކަމަށާއި، ރާއްޖެ އިސްލާމްވުމާއެކު ދިވެހިރާއްޖެއާއި މޮރޮކޯއާ ދެމެދު މިހާރުވެސް އޮތް ޒަމާންވީ އަޚުވަންތަ ގުޅުމުގެ މުހިއްމު ސަފްޙާއަކަށް ކަމަށެވެ.

މީގެ އިތުރުންވެސް މިނިސްޓަރގެ މެސެޖްގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް ވަނީ އަލިއަޅުއްވާލައްވަފައެވެ.

އެގޮތުން ކުރިއަށް އޮތްތަނުގައިވެސް ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް