މުބާރާތަކުން ވަނަ ހޯދައިގެން ހިޔާ ފްލެޓްގެ ވިޔަފާރި ޔުނިޓް ދެނީ!

22 Nov 2020 | 11:41

ހުޅުމާލެ ދެވަނަ ފިޔަވަހިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޖާގަ ލިބޭ މުބާރާތެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިފްތިތާހު ކޮށްފިއެވެ.

އީޖާދީ މަންސަ" ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމު އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.

 މި މުބާރާތަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްޤީ ކުރުމުގެ މަޤްސަދުގައި ޚާއްސަކޮށްގެން ހުޅުވާލާފައިވާ ފުރުސަތެކެވެ.

މި މުބާރާތުގެ ބޭނުމަކީ ވިޔަފާރިތަކަށް މާލީގޮތުން ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއްދީ، އެ ވިޔަފާރިތައް ހުޅުމާލޭގައި ގާއިމުވެ ފަށައިގަތުމަށް ފުރުސަތު ދިނުން ކަމަށް އެޗްޑީސީ އިން ބުނެފައިވެއެވެ.

އެޗްޑީސީ އިން ބުނީ މުބާރާތަށް އެޕްލިކޭޝަން ހުށަހެޅުމާއި އަދި އެނޫންވެސް މައުލޫމާތު އެ ކުންފުނިން ލިބޭނެ ކަމަށެވެ. މިއީ ކޮވިޑް19ގެ ބަލިމަޑުކަމާއެކު ވިޔަފާރިތަކަށް ލިބުނު ހީނަރުކަމުން އަރައިގަތުމަށް ފުރުސަތު ދިނުމަށް ކުރިއަށްގެންދާ މުބާރާތެއް ކަމަށްވެސް އެ ކުންފުނުން ބުންޏެވެ.

މި މުބާރާތުގައި ހިޔާލު ހުށަހަޅަންޖެހޭ ކެޓަގަރީތަކަކީ ކާބޯތަކެތި، ފަންނު، ވެލްނެސް، ވައްޓަފާޅި އަދި ހިދުމަތް މި ފަސް ކެޓަގަރީއެވެ. ގައިޑްލައިން ބުނާގޮތުން ފަސް ކެޓަގަރީ އަކުން އުފެއްދުންތެރި ހިޔާލުތައް ހުށަހެެޅޭނެއެވެ. އަދި ކޮންމެ ކެޓަގަރީ އަކުންވެސް އެންމެ ރަނގަޅު އަދި ދެވަނަ އަށް އެންމެ ރަނގަޅު ހިޔާލު ހޮވާނެއެވެ. އެއްވަނައަށް ހޮވޭ ވިޔަފާރި ހިޔާލަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ކުލި ދައްކަން ނުޖެހޭގޮތަށް އެއް އަހަރަށް ވިޔަފާރި ޖާގަ ދޭއިރު ދެވަނަ އަށް ވިޔަފާރި ޖާގަ ދެނީ ކުލި ދައްކަން ނުޖެހޭނެހެން ހަ މަސް ދުވަހަށެވެ. 

މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުން މަތީގެ ދިވެހިންނަށެވެ. އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރާ އާންމު ފަރުދުންނަށާއި ކުންފުނިތަކަށް އަދި "ހޯމް ބޭސްޑް" އަދި އޮންލައިން ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

ގައިޑްލައިން ބުނާގޮތުން ފަސް ކެޓަގަރީ އަކުން އުފެއްދުންތެރި ހިޔާލުތައް ހުށަހެެޅޭނެއެވެ. އަދި ކޮންމެ ކެޓަގަރީ އަކުންވެސް އެންމެ ރަނގަޅު އަދި ދެވަނަ އަށް އެންމެ ރަނގަޅު ހިޔާލު ހޮވާނެއެވެ. އެއްވަނައަށް ހޮވޭ ވިޔަފާރި ހިޔާލަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ކުލި ދައްކަން ނުޖެހޭގޮތަށް އެއް އަހަރަށް ވިޔަފާރި ޖާގަ ދޭއިރު ދެވަނަ އަށް ވިޔަފާރި ޖާގަ ދެނީ ކުލި ދައްކަން ނުޖެހޭނެހެން ހަ މަސް ދުވަހަށެވެ. ވިޔަފާރި ޖާގައަށް ދޫކުރަނީ 550 އަކަފޫޓުގެ ޖާގައެކެވެ.

Advertisement

ކޮމެންޓް

Advertisement