މަސްވެރިންނަށް ޑީސަލް ވިއްކަމުންދާ އަގު މިފްކޯއިން ބޮޑުކޮށްފި

22 Nov 2020 | 17:11

މިފްކޯގެ ފަރާތުން މަސްވެރިންނަށް ޑީސަލް ވިއްކަމުންދާ އަގު އެކުންފުނިން އަނެއްކާވެސް ބޮޑުކޮށްފިއެވެ.

އެގޮތުން މިއަދު ހެނދުނުން ފެށިގެން މިފްކޯގެ ސައިޓްތަކުންނާއި ބޯޓުފަހަރުން ޑީސަލް ލީޓަރެއް ވިއްކަމުން ދަނީ 7 ރުފިޔާ 17 ލާރިއަށެވެ. މިއީ ކުރިން ވިއްކަމުން ދިޔަ އަގާއި އަަޅާބަލާއިރު 28 ލާރި ބޮޑު އަދަދެކެވެ.

މި ބަދަލާއެކު އެކުންފުނީގެ ފަހި ހަކަތަ ޕްރޮގްރާމްގައި ބައިވެރިވެފައިވާ އޮޑިދޯނިފަހަރަށް ޑީސަލް ލީޓަރެއް ވިއްކާނީ 6.92 ރުފިޔާއަށެވެ.

ނަމަވެސް މަސްވެރިން ފިޔަވައި އެހެނިހެން ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކާ އަގަށް އެކުންފުނިން ބަދަލެއް ގެނެސްފައެއް ނުވެއެވެ. މިފްކޯއިން ބުނިގޮތުގައި އެ ފަރާތްތަކަށް ޑީސަލް ވިއްކާނީ 13 ރުފިޔާއަށެވެ.

Advertisement

ކޮމެންޓް