Advertisement

މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި!

22 Nov 2020 | 17:59

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ ޚާއްސަ އޮޕްރޭޝަންގެ ތެރެއިން ހދ.ހަނިމާދޫ އަދި ބ.ދަރަވަންދޫގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ހިންގައި ތިންމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ހަނިމާދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ހަނިމާދޫ ފުލުހުންނަށް ލިބުނު މައުލޫމާތުތަކަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި 26 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކާއި 30 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.އެ ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މިމަހުގެ 19 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި އެ ދެމީހުން ހައްޔަރުކޮށްފައިވަނީ އެމީހުްނ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 64 ރަބަރު ހޮޅިކޮޅު ފެނުމާއި ގުޅިގެންނެވެ.

ފުލުހުން ވިދާޅުވީ ދަރަވަންދޫގައި ހިންގި އެ އޮޕަރޭޝަނަކީ މާލެއިން އެރަށަށް ދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސް އާއި، އޭދަފުށި ފުލުހުންގެ އިތުރުން ދަރަވަންދޫ ފުލުހުންގެ ޑެސްކާއި ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

މިމައްސަލައާއި ގުޅިގެން އޭދަފުށިން ހައްޔަރުކޮށްފައިވާ 30 އަހަރުގެ މީހާ އެ ރަށު ބަނދަރުމަތިން ހުއްޓުވައި ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި، ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ.

މިމައްސަލައިގައި އޭނަގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި މައްސަލަތައް ފުލުހުންދަނީ އިތުރަށް ތަޙްގީހު ކުރަމުންނެވެ.



Advertisement

ކޮމެންޓް