ކ.މާފުށި މޮނީޓަރިންގގެ ހާލަތަށް ލައިފި

22 Nov 2020 | 19:34

ކ.މާފުށި މޮނީޓަރިންގގެ ހާލަތަށް ލައިފިއެވެ.

މިއަދު މެންދުރުފަހު 15:43އިން ފެށިގެން ވަކިގޮތެއް އަންގަންދެން އެ ރަށް މޮނީޓަރިންގގެ ހާލަތަށް ލެވިފައިވަނީ އެރަށުގައި ހުރި ފަތުރުވެރިއަކު ކޮވިޑް-19 އަށް ފައްސިވުމުން ކަމަށް ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެރަށް މޮނީޓަރިންގއަށް ލުމުން ވަކިގޮތެއް އަންގަންދެން އެޗްޕީއޭގެ ހުއްދައާއި ނުލައި މާފުށިން މީހުން އަރާފޭބުން މަނާވާނެއެވެ.

މާފުއްޓަކީ މިވަގުތު ލޯކަލް ޓޫރިޒަމް ހިންގަމުންދާ މަދު ރަށްތަކުގެ ތެރެއިން ރަށެކެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް

Advertisement