Advertisement

"އިޤްރާ" ބުކްފެއަރ މިފަހަރު ވާޗުއަލްކޮށް

24 Nov 2020 | 13:02

ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ "އިޤްްރާ" ބުކް ފެއަރ ވާޗުއަލްކޮށް ކުރިއަށް ގެންދިއުމަށްޓަކައި ވެބްސައިޓެއް އިފްތިތާހްކޮށްފިއެވެ.

އިސްލާމިކް ޔުނިވަރސިޓީގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ވެބްސައިޓް އިފްތިތާހް ކޮށްދެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ.އިބްރާޙިމް ޒަކަރިއްޔާ މޫސާއެވެ.

އެ ރަސްލިއްޔާތުގައި ވާހަކަދައްކަވަމުން ޒަކަރިއްޔާ މޫސާ ވިދާޅުވީ ދިވެހިންނަކީ ފޮތްކިޔުމަށް ޝައުގުވެރި ބަޔަކަށް ވާތަން ދުށުމަކީ އުއްމީދު ކުރައްވާ ކަމެއްކަމަށާއި، އެކަން ކުރުމަށް ޔުނިވަރސިޓީ ތަކުގެ ދައުރު މުހިންމު ކަމަށެވެ.

އަންނަ މަހުގެ 1 އިން 10 އަށް ބޭއްވުމަށް ހަމަޖެހިފަިއވާ އެ ބުކްފެއަރގެ ޝިޢާރަކީ 'އެކްސްޕްލޯރ ދަ ވާރރޗުއަލް ބުކް ސެލްފް' އެވެ. މިއީ މަފަދަ ގޮތަކަށް ކުރިއަށް ގެންދާ ފުރަތަމަ ފަހަރުކަމަށް އައިޔޫއެމް އިން މަޢުލޫމާތު ދެއްވައެވެ.

މި ފެއަރ ގައި މިހާތަނަށް 5 ތަނަކުން ރަޖިސްޓްރީ ވެފައިވާއިރު، އަމިއްލަ ފަރާތްތަކުންވެސް ވަނީ ބައިވެރިވެފައެވެ.

ވަރޗުއަލްކޮށް ކުރިއަށް ގެންދާ މި ބުކް ފެއރގައި ކުރިއަށް ގެންދާ ހުރިހާ ހަރަކާތަތަކަކީވެސް ހުރިހާ އުމުރަކަށްވެސް ބައިވެރި ވެވޭނެ ހަރަކާތެއް ކަމަށް ޔުނިވާސިޓީ އިން ވިދާޅުވިއެވެ. އޭގެ އިތުރުން މި ފެއަރ އިން އަގުހެޔޮކޮށް ފޮތް ގަތުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ ކަމަށް ޔުނިވަރސިޓި އިން ހާމަކޮށްފައިވެއެވެ.

Advertisement

ކޮމެންޓް