ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 44 މީހުން!

25 Nov 2020 | 22:22

ދިވެހިރާއްޖެއިން އިތުރު 44 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 44 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުން ޕޮޒިޓިވްވި 32 މީހުންނާއި އޮޕަރޭޓްކުރަމުންދާ ރިސޯޓްތަކުން ޕޮޒިޓިވްވި 2 މީހުން އަދި ތަރައްގީކުރަމުންދާ ރަށްރަށުން ޕޮޒިޓިވްވި 8 މީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 12،854 އަށް އަރާފައެވެ. މީގެ ތެރެއިން 95 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު 11،681 އަށް ވަނީ އަރާފައެވެ.

Advertisement

ކޮމެންޓް