ރެއާލް މެޑްރިޑް ލީގު މެޗެއް ގައުމުން ބޭރުގައި ނުކުޅުމަކީ މައްސަލައެއް ނޫން: ލަ ލީގާ ޗެއަރމަން

26 Sep 2018 | 05:58

ރެއާލް މެޑްރިޑުން ބޭނުން ނޫންނަމަ ސްޕެނިޝް ލަ ލީގާ މެޗެއް ގައުމުން ބޭރުގައި ކުޅެން ނުޖެހޭނެކަމަށާއި އަދި އެއީ މައްސަލައެއްވެސް ނޫންކަމަށް ލަ ލީގާގެ ޗެއަރމަން ހާވިއޭ ތެބަސް ބުނެފިއެވެ. ލަ ލީގާގެ ޗެއަރމަން މިހެން ބުނެފައިވަނީ ރެއާލް މެޑްރިޑްގެ ރައީސް ޕްލޮރެންޓީނޯ ޕެރޭޒް މިކަމަށް ފާޅުގައި ދެކޮޅު ހަދާފައިވަނިކޮށެވެ. މީގެ އިތުރުން ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯވެސް ވަނީ މިކަމާމެދު ހިތްހަމަ ނުޖެހުމުގެ މޭރުމުން ވާހަކަދައްކާފައެވެ.

ލަ ލީގާއިންވަނީ މީޑިއާ، ކުޅިވަރު އަދި މުނިފޫހިފިލުވުމުގެ މަސައްކަތްތައްކުރާ ރެލެވެންޓް ގުރޫޕްއާއިއެކު 15 އަހަރުގެ އެއްބަސްވުމެއް ވެފައެވެ. މި އެއްބަސްވުމުގެ ދަށުން ލަ ލީގާގެ މެޗުތައް ނޯތް އެމެރިކާގައި ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް، ސްޕެނިޝް ފުޓްބޯޅަ އެސޯސިއޭޝަނާއި ސްޕެނިޝް ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަން އަދި ކްލަބްތަކުގެ ފާޑުކިޔުންތަކާއެކެ މިކަމަށް މާ ބޮޑު ތަރުހީބެއް ލިބޭގޮތްވަނީ ނުވެފައެވެ. 

Advertisement

ކޮމެންޓް