ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޑޯ ނައިިޓް މާކެޓް އެއް ބާއްވަނީ

26 Nov 2018 | 16:27

ރާއްޖޭގެ ފުރަތަމަ ފަހަރަށް ބާއްވާ އިންޑޯ ނައިޓް މާކެޓް އެއްލިކަމެކް ޕްރައިވެޓް ލިމިޓެޑުން އަންނަ އަހަރު އޭފްރީލް 18 އިން 27 ގެ ނިޔަލަށް ދަރުބާރުގޭގައި ބޭއްވުމަށް ނިންމައިފިއެވެ.

މިކަމާ ބެހޭ ގޮތުން އެކުންފުނިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް ގައި އެކުންފުނީ ގެ ސީއީއޯ ލަބީބް ވިދާޅުވީ 10 ދުވަހުގެ މުއްދަތަކަށް ބާއްވާ މި ނައިޓް މާކެޓްގައި 260 މޭޒު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފަސްްޓް ކަމް ފަސްޓް ސާވްގެ އުސޫލުން ދޫކުރަން ހަމަޖެހިފައިވާ ނައިޓް މާކެޓްގެ މޭޒެއް 10 ރެޔަށް ވިއްކަން ހަމަޖެހިފައިވާ އަގަކީ 6000 ރުފިޔާ ކަމުގައި އެކުންފުނިން މައުލޫމާތު ދެއްވައެވެ.

އަދި މޭޒުދޫކުރަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރ މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 16:00 އަށް ޝީބިލްޑިންގެ 3 ވަނަ ފަންގިފިލާ އަސަރީ މާލަމުންނެވެ. މޭޒު ބައްލަވާ ވަޑައިގަންނަވާ އިރު ވިޔަފާރިއެއްގެ ނަމުގައި ނަގާ ނަމަ ވިޔަފާރި ރަޖިސްޓްރީ ކޮޕީއެއް ގެންނަންޖެހެއެވެ. އަދި އަމިއްލަ ފަރާތަކުން މޭޒެއް ބައްލަވައިގަންނަވާ ނަމަ އައި ޑީ ކާޑު ހިފައިން ވަޑައިގަތުމަށް އެކުންފުނިން އިލްތިމާސް ކުރައްވައެވެ.

މި އިވެޓް އޮގަނައިޒް ކުރާ އަސަރީ ސާރވިސަސް އިން ވިދާޅުވިގޮތުގައި މި ނައިޓް މާކެޓަކީ ވަރަށް އާ ތަޖުރިބާއަކަށް ވެގެންދާނެކަމަށާއި އެހެން ނައިޓް މާކެޓްތަކާ ހިލާފަށް މިއިވެންޓް ބޮޑަށް އިހްސާސްވެގެންދާނީ މޯލްއެއް ތެރޭގައި ވިޔަފާރިކޮށްލުމަށް ލިބިގެންދާ ފުރުސަތެއް ގޮތުގައެވެ.

ހަމައެހެންމެ މި ނައިޓް މާކެޓްގައި ކެންޓީން ގެ ހިދުމަތްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑޯގައި މިގޮތައް ބޭއްވިގެންދާ ނައިޓް މާކެޓް އަކުން އެތައް ގޮތަކުން ފައިދާވާނެކަން ފާހަގަކުރައްވަމުން ލިކަމެންޓްއިން ވިދާޅުވީ މީގެ ސަބަބުން މުދާ ހަލާކުވުމުން ސަލާމަތް ވާނެކަމަށެވެ.

މީގެ ކުރިން ނައިޓް މާކެޓް ބާއްވަމުން އައީ ވިޔަފާރި ވެރިންގެ ޖަމިއްޔާއިންނެވެ. މިގޮަތަށް ބާއްވަމުން އަންނަ ނައިޓް މާކެޓަކީ މިހާތަނަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ އިވެންޓަކެއްކަން ފާހަގަކޮށްލަން ޖެހެއެވެ.

Advertisement

ކޮމެންޓް