Advertisement

އެމްޕީއެލްގައި ހިންގި އަށްމިލިއަން ރުފިޔާގެ ވައްކަމެއް އެކުންފުނީގެ ޗެއާމަން ހާމަކުރައްވައިފި

29 Nov 2020 | 23:07

ކޮވިޑް-19ގެ ނުރައްކާތެރިކަމާއި ގުުޅިގެން، މާލެ ފުރަބަންދުކޮށްފައި ވަނިކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެތެރޭގައި ހިންގި 8 މިލިއަން ރުފިޔާގެ ވައްކަމެއްގެ ވާހަކަ އެ ކުންފުނީގެ ޗެއާމަން މުހައްމަދު ޒަކީ (ނަޒާކީ) ހާމަކުރައްވައިފިއެވެ.

ޒަކީ ކޮށްފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމްޕީއެލްއިން 8 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ވަގަށް ނެގި ފަރާތްތައް، ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާ އެއްގޮތަށް ސަސްޕެންޑުނުކުރެއްވުނީތީ ވަރަށް ބޮޑަށް މަޢާފަށް އެދިވަޑައިގަންނަވާ ކަމުގައެވެ.

އަދި ވައްކަމުގެ ތުހުމަތުވާ މުވައްޒަފުން ސަސްޕެންޑުކުރުމަށް އެމްޕީއެލް ބޯޑުގެ ތިން މެންބަރުން ވޯޓު ދެއްވާފައިވާ ކަމަށެވެ. އަދި 4 މެންބަރުން ނުފެންނަ ކަމަށް ވޯޓުދެއްވި ކަމުގައި ޒަކީގެ ޓްވީޓުގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން ޒަކީ ވިދާޅުވެފައިވަނީ، އެ ބޮޑު ވައްކަމުގައި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރަށް ފިއުލް ސަޕްލައި މޯލްޑިވްސްގެ ބައެއް މުވައްޒަފުންވެސް ބައިވެރިވެފައިވާ ކަމަށެވެ.

އެމްޕީއެލް އެތެރޭގައި ހިނގި 8 މިލިއަން ރުފިޔާގެ ވައްކަމެއްގެ މައްސަލަ ތަހުގީގު ފަށައި ދެ ޑިޕާޓުމެންޓެއްގެ ވެރިން ސަސްޕެންޑު ކޮށްފައިވާއިރު، ސަސްޕެންޑު ކުރި މީހުންގެ ތެރެއިން ބައެއް މީހުން އަނބުރާ މަސައްކަތަށް ނެރެފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. 

Advertisement

ކޮމެންޓް