ރީފްސައިޑު: އައިވާ ބްރޭންޑްގެ މޮޅު އޭސީ ޕްރީ އޯޑަރަށް! އަގުތައް ވަރަށް ސަޅި!

26 Nov 2020 | 14:09

ދިވެހިރާއްޖެއަށް އެކި ބާވަތްތަކުގެ އިލެކްޓްރޯނިކްސްތައް އެތެރެކޮށް މާކެޓްކުރާ ރީފްސައިޑް ކުންފުނިން ޖަަޕާނުގެ މަޝްހޫރު އައިވާ ބްރޭންޑްގެ އެއަރ ކޮންޑިޝަނަރ ދިވެހިރާއްޖެއަށް ތައާރަފްކޮށްފިއެވެ.

އެގޮތުން އެކުންފުނިން ވަނީ އައިވާ ބްރޭންޑްގެ އޭސީ ޕްރީ އޯޑަރކުރުމުގެ ފުރުސަތު މިމަހުގެ 23ވަނަ ދުވަހުން ފެށިގެން ޑިސެމްބަރ މަހުގެ 24ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ. ރީފްސައިޑުން ބުނިގޮތުގައި އޭސީ ޕްރީއޯޑަރކުރާ ފަރާތްތަކަށް އާންމުކޮށް ލިބޭނެ އަގަށްވުރެ ހެޔޮ އަގެެއްގައެވެ.

އެގޮތުން 9000 ބީޓީޔޫގެ އޭސީއެއް 4750 ރުފިޔާއަށް، 12000 ބީޓީޔޫގެ އޭސީއެއް 5850 ރުފިޔާއަށް، 18000 ބީޓީޔޫގެ އޭސީއެއް 7200 ރުފިޔާއަށް އަދި 24000 ބީޓީޔޫގެ އޭސީއެއް 8800 ރުފިޔާއަށް ލިބޭނެއެވެ. 

މިފަދައިން ޕްރީއޯޑަރކުރާ ފަރާތްތަކަށް ޑިސެމްބަރ 26ގެ ކުރިން އޭސީ ލިބިގެންދާނެއެވެ.

އައިވާ އޭސީގެ ކޮމްޕްރެސަރަކަށް ތިން އަހަރުގެ ވޮރެންޓީ ލިބޭއިރު، ޔުނިޓަށް އެއް އަހަރު ދުވަހުގެ ވޮރަންޓީއެއް ލިބިގެންދާނެއެވެ. މި އޭސީތަކަކީ ޒަމާނީގޮތަކަށް ފަރުމާކުރެވި، 70 އިންސައްތަ އެނާޖީ ސޭވިންގ އަދި އާރު32 އިންވާރޓަރ ހިމެނޭ އެއްޗެކެވެ.

ރީފްސައިޑުން މައުލޫމާތުދޭ ގޮތުގައި ޕްރީއޯޑަރކުރާ ފަރާތްތަކަށް ޖުމްލަ އަގުގެ 50 އިންސައްތަވެސް ދެއްކޭނެއެވެ. މިއިން ކޮންމެ އޭސީއަކާ އެކު ހަރުކުރާ ސާމާނު ހިލޭ ލިބިގެންދާނެއެވެ.

މި އޭސީތައް ޕްރީއޯޑަރކުރުމަށް ރީފްސައިޑްގެ ވެބްސައިޓަށް ޒިޔާރަތްކުރައްވާށެވެ.

Advertisement

ކޮމެންޓް

Advertisement