ރައީސް ޔާމީންގެ ޝަރީޢަތް އަޑުއަހުމަށް ކޯޓު ދޮށަށް ދިޔަ 2 އަންހެން ސަޕޯޓަރަކަށް އަނިޔާވެއްޖެ

26 Nov 2020 | 22:19

ރައީސް ޔާމީންގެ ޝަރީއަތް އަޑުއެހުމަށް ކޯޓުދޮށަށް ދިޔަ ޕީޕީއެމްގެ ސަޕޯޓަރުންގެ ތެރެއިން 2 އަންހެނަކަށް އަނިޔާވެއްޖެއެވެ.

ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް އަޑުއެހުމަށް ކޯޓުދޮށަށް ދިޔަ އެޕާޓީގެ އަންހެން ސަޕޯޓަރުންގެ ތެރެއިން 2 އަންހެނަކަށް ފުލުހުން އަނިޔާކުރުމުގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިފައިވާ ކަމަށެވެ.

އަނިޔާކުރުމުގެ ސަބަބުން އެޑްމިޓްކުރެވިފައިވަނީ ޕީޕީއެމްގެ ކައުންސިލަ މެމްބަރަކާއި، އުމުރުން ދުވަސްވީ މީހަކަށް ކަމަށް ހީނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ޕީޕީއެމްގެ ކައުންސިލް މެމްބަރު އަމްސޫދާ ވެސް ފުލުހުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް