ގްރޭޓަރ މޭލެ ސަރަހައްދަށް ގްރޭވިއަރގެ ވެއްޔާއި ހިލަވެލި ޑެލިވަރީކުރަން ފަށައިފި

30 Nov 2020 | 12:43

ކޮވިޑް-19 އާއި ގުޅިގެން ދިވެހި އިގްތިސާދުގައި އެންމެ ބޮޑު ހީނަރުކަމެއް އައިސްފައިވާ އެއް ސިނާއަތަކީ އިމާރާތްކުރުމުގެ ސިނާއަތެވެ. އެހެނިހެން ސިނާއަތްތަކެކޭ އެއްފަދައިން މި ސިނާއަތަށް ލިބެމުންދިޔަ އާމްދަނީވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ނިއު ނޯމަލްގައި މުޅި ގައުމު ހަށިފޮޅާލައި ތެދުވާއިރު، އިމާރާތްކުރުމުގެ ސިނާއަތުގެ މަސައްކަތްވެސް ދަނީ މަޑުމަޑުން ކުރިއަށްދަމުންނެވެ. އެގޮތުން އެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ދިވެހި ކުންފުންޏެއްކަމަށްވާ ގްރެވިއަރގެ ފަރާތުން ވަނީ ޚާއްސަ ހަރަކާތްތަކެއް މީގެ ކުރިން ހިންގާފައެވެ. އެގޮތުން ނިމިދިޔަ ޖުލައި މަހުން ފެށިގެން އެކުންފުނީގެ ފަރާތުން ވަނީ އިމާރާތްކުރުމަށް ބޭނުންވާނެ ސާމާނުތައް އެ ކުންފުނީގެ ތިލަފުށީ ސައިޓުން ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން ހެޔޮއަގުގައި ފޯރުކޮށްދީފައެވެ.

އެއަށްފަހު، ގްރޭވިއަރ އިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންނާ ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމަށް އަނެއްކާވެސް އިތުރު ކަމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. ވޮއިސްއަށް މައުލޫމާތު ދެއްވަމުން ގްރެވިއަރގެ އިސް އޮފިޝަލެއް ވިދާޅުވީ މާލެ އާއި ހުޅުމާލެއަށް ސީދާ ޑެލިވަރީކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ބާޒާރުން އާންމުކޮށް ލިބޭ އަގުތަކާ ވާދަކުރެވޭ ރޭޓުތަކުގައި އެކުންފުނީގެ ތިލަފުށި ސައިޓްގައި ބަންދުކުރެވޭ ވެއްޔާއި ހިލަވެލި މިހާރު މާލެ އާއި ހުޅުމާލޭގެ ސައިޓުތަކަށް ޑެލިވަރީ ކުރަމުން އަންނަކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ގްރެވިއަރގެ ފަރާތުން މިވަގުތު ވެއްޔާއި ހިލަވެލި ބަންދުކުރަމުން ގެންދަނީ 50 ކިލޯ ބަސްތާ އަދި 1 މެޓްރިކްޓަނުގެ ޖަމްބޯ ބަސްތާގައެވެ. މީގެ އިތުރުން ކަސްޓަމަރުން ބޭނުންވާ ބާވަތުގެ ފްލައިވުޑް، ދަގަނޑު އަދި ސިމެންތި ވެސް އެ ކުންފުނިން ގަންނަން ލިބެން ހުންނާނެއެވެ. މިގޮތަށް ޑެލިވަރީ އޯޑަރު ބައްލަވައިގަންނަން ބޭނުންފުޅުވާ ކަސްޓަމަރުން އެކުންފުނީގެ ހޮޓްލައިން 9980765 އަށް ގުޅާލުމުން އަގާއި އިންތިޒާމްތައް އެނގިގެންދާނެއެވެ. އަދި މީގެ އިތުރުން ވައިބަރ، ވަޓްސްއެޕް ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށްވެސް އޯޑަރު ކުރެއްވޭނެއެވެ.

ގްރެވިއަރއިން އުންމީދުކުރަނީ އެކުންފުނީގެ ތަކެތި ހެޔޮއަގުގައި ފޯރުކޮށްދެވުމުން އިމާރާތްކުރުމުގެ ސިނާއަތުގައި ހުއްޓިފައިވާ، އަދި ވަކިން ހާއްސަކޮށް ގްރޭޓަރ މާލެ ސަރަހައްދުގެ މަޝްރޫއުތަކަށް ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ.

Advertisement

ކޮމެންޓް