ނޫ އިޤްތިޞާދުގެ ވާހަކަ ދައްކަން އެމްޑީޕީއިން ލަދުގަންނަން ޖެހޭ: ސައީދު

30 Nov 2020 | 14:54

ނޫ އިޤްތިޞާދުގެ ވާހަކަ ދައްކަން އެމްޑީޕީ އިން ލަދުގަންނަން ޖެހޭނެ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީއިން ދިރާސާ ކުރުމަށްފަހު ހުށަހެޅި ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

ސައީދު ވިދާޅުވީ، އެމްޑީޕީ އިން ޖަޒީރާ ދިރިއުޅުން ކިޔުމަށްފަހު މާލެ ސަރަހައްދަށް ބަޖެޓްގެ 89 އިންސައްތަ ޖަހާފައި އޮތްއިރު، ރައްޔިތުން ތިބީ އަނގަޔާ އަތާ ދިމާނުވެފައި ކަމަށާއި، އިޤްތިސާދުގެ ވާހަކަ ދައްކަން މިއަދު އެމްޑީޕީ ލަދުގަންނަން ޖެހޭނެ ކަމަށެވެ.

އެބޭފުޅާ ވިދާޅުވީ މިއީ އެމްޑީޕީ ބަޖެޓެއް ނޫން ކަމަށާއި އެމްޑީޕީގެ ސަރުކާރެއްގައި އިޤްތިސާދީ ހުރިހާ މިނިސްޓްރީއެއް އޮތީ ކޯލިޝަންގެ އެހެން ޕާޓީތަކުގެ އަތުގައި ކަމަށެވެ.

ސައީދު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި އިޤްތިޞާދީ ހުރިހާ މިނިސްޓްރީތައް ހުރީ ކޯލިޝަންއެއްގައި ކަމަށްވާއިރު، އެއިން ކޯލިޝަނެއްގެ އިސްފަރާތެއް މިޖިލިސް ބަހުސްގައި ވާހަކަ ދައްކައިފައިވޭތޯ ސުވާލު އުފައްދާފައެވެ.

"އެމްޑީޕީ ސަރުކާރެއްގައި އަޅުގަނޑު މިކުރާ ސުވާލަކީ އިޤްތިޞާދީ ހުރިހާ މިނިސްޓްރީއެއް އޮތީ ކޯލިޝަންގް.އެއިން ކޯލިޝަންގެ އިސްފަރާތަކުން މި މަޖިލީހަށް ބަހުސްގައި ވަޑައިގެންނެވި ތަނެއް އަޅުގަނޑު ނުދެކެން.ފިޝަރީޒް މިނިސްޓްރީ އެމްއާރްއެމްގަ. ޓޫރިޒަމް މިނިސްޓްރީ ޖޭޕީގަ. ޓްރާންސްޕޯޓް މިނިސްޓްރީ ޖޭޕީގަ.ދެން ސަރުކާރުގެ އާމްދަނީއެއް ވަންނަންޏާ ވަންނަންހުރި ހުރިހާ މިނިސްޓްރީއެއް ހުރީ ކޯލިޝަންގަ"، ސައީދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް