މާލޭ ގެއަކުން ގަސްތަކެއް ވަގަށްނެގި މީހަކު ހޯދަނީ

30 Nov 2020 | 16:43

މާލޭ ގެއަކުން ގަސްތަކެއް ވަގަށްނެގި މީހަކު ހޯދަން ވީޑިއޯ ޢާންމުކޮށް ފުލުހުން އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، މިމަހު 25 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭ ގެއަކުން ގަސްތަކެއް ވަގަށް ނަގާފައިވާކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމީހާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންވަނީ އެދިފައެވެ.

Advertisement

ކޮމެންޓް