Advertisement

އަލްފާ ޑެން: ފިރިހެނުންނަށް ޚާއްސަ ޒަމާނީ ސަޅި ސެލޫނެއް!

02 Dec 2020 | 12:36

ސެލޫނަކަށްގޮސް ނަލަކޮށް ބޯކޮށާލުމޭ ބުނެފިނަމަ ގިނަފަހަރަށް މީހުންގެ ހިތަށް އަރާނީ މާލޭގެ މަޝްހޫރު ސެލޫނަކަށްގޮސް އަންހެނެއްގެ ބޮލުގައި ކުލަޖައްސާ، ތަފާތު ޓްރީޓްމެންޓްތައް ނަގައި އަދި ބޯކޮށާ ހެދުމެވެ. މުޖުތަމައުގެ ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި ފިރިހެނަކު ސެލޫނަކަށްގޮސް ސަޅިކޮށް ހުރުމަށް މަސައްކަތްކުރުމަކީ "ފިރިހެންވަންތަ" ކަމާއި ވަރަށް ދުރު ކަމެކެވެ. އެހެނަސް އަންހެންވެރިން ފަދައިން ފިރިހެނުންވެސް ޗާލުކޮށް ހުރުމަށް އެދޭނެއެވެ. އިންސާނީ ތަބިއްޔަތަކީވެސް ހަމަ އެއީއެވެ.

މާލޭގައި ފިރިހެނުންގެ ސެލޫންތަކުގެ ގޮތުގައި ވަރަށް ފަހަކާއި ޖެހެންދެން ފާހަގަވެފައި ހުންނަނީ ކަންމަތިތަކުގައި ބިދޭސީން ހިންގާ ސެލޫންތަކެވެ. މިތަންތަނުންވެސް އެކަށީގެންވާ ޚިދުމަތްތައް ލިބުނަސް، ޚާއްސަ ދުވަސްތަކަށް ތައްޔާރުވުން ފަދަ ކަންތައްތަކާއި އިސްތަށިގަނޑަށް ހޯދަން ބޭނުންވާ ތަފާތު ފަރުވާތަކުގެ ކަންތައްތައް ގިނަފަހަރު ކުރަންޖެހެނީ ގޭގައެވެ.

ނަމަވެސް ހާސްނުވާށެވެ! ފިރިހެނުންނަށް ޚާއްސަ އަދި ޒަމާނީ ފެންވަރުގެ ސެލޫނެއް ދާދިފަހުން މިވަނީ ހުޅުވާފައެވެ. އަލްފާ ޑެން ސެލޫންގެ ނަމުގައި މާލޭގައި ހުޅުވި މި ސެލޫން ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި އާންމުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލުވެފައެވެ.

"ވޮއިސް"އަށް މައުލޫމާތުދެއްވަމުން މި ސެލޫންގެ ޖެނެރަލް މެނޭޖަރ އަމާން އަބްދުﷲ ހަނީފް ވިދާޅުވީ އަލްފާ ޑެންއަކީ މި ފެންވަރުގައި ފިރިހެނުންނަށް ޚާއްސަކޮށްގެން ދިވެހިރާއްޖޭގައި ހުޅުވި ފުރަތަމަ ސެލޫން ކަމަށެވެ. އަމާން ބުނިގޮތުގައި އަލްފާ ޑެން ހުޅުވުމުގެ ޚިޔާލް އުފެދިގެން އައީ ޔުނިސެކްސް ސެލޫންތައް ހުއްޓަސް އެތަންތަނުން ޚިދުމަތްތައް ހޯދަން އެންމެން “ކޮމްފޮޓެބަލް” ނުވާކަމަށް ކަސްޓަމަރުންގެ ފަރާތުން އެނގިފައިވުމާއި ޚާއްސަ ހަފްލާތަކަށް ދިއުމަށް ސްޓައިލްވުމުގެ ކަންތައްތައްވެސް ގިނަ ފަހަރަށް އަމިއްލަ ގޭގައި ކުރަން ޖެހުމެވެ.

"އެހެންކަމުން މި ސެލޫން ގެ 2 ފައުންޑަރ ކަމަށްވާ މުޙައްމަދު ޝަފީއު އާއި މުޙައްމަދު އިބްރާހީމް ބޭނުންވީ ރާއްޖޭގައި ފިރިހެނުންނަށް ބޭނުންވާ ގޮތަށް ނުލިބި އޮތް މި ސާރވިސް ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމް ގާއިމްކުރުން. އެހެންވެ އަލްފާ ޑެން ސެލޫން ހުޅުވިގެން ދިޔައީ"، އޭނާ ވިދާޅުވިއެވެ.


ތަފާތު އެކި ޚިދުމަތްތައް ހެޔޮ އަގެއްގައި:

އަލްފާ ޑެންގެ ކަސްޓަމަރުންނަށް އެ ސެލޫން މެދުވެރިކޮށް ތަފާތު ޚިދުމަތްތައް ލިބިގެންދާނެއެވެ. އެގޮތުން ބޯކޮށުން، ތުނބުޅި ރީތިކުރުން، ފޭޝަލް އަދި ހެއަރ ޓްރީޓްމެންޓް ހިމެނެއެވެ. މީގެ އިތުރުން ކޮންމެ މަހަކު 250 ރުފިޔާ ދައްކާލައިގެން އެއް މަސް ދުވަހަށް އަންލިމިޓެޑް ބޯކޮށުން އަދި ތުނބުޅި ރީތިކުރުން ލިބޭނެ ޚާއްސަ ޕެކޭޖެއްވެސް ވަނީ މިތަނުން ތައާރަފްކޮށްފައެވެ.

އަމާން ފާހަގަކުރެއްވިގޮތުގައި ވެޑިންގތައް ފަދަ ޚާއްސަ ހަފްލާތަކަށް ތައްޔާރުވާން ބޭނުންވާ ފަރާތްތަކަށްވެސް އަލްފާ ޑެންއިން ވަރަށް ޚާއްސަ ޕެކޭޖްތަކެއް ވަނީ އެކުލަވާލާފައެވެ. މި ޕެކޭޖްތަކުގައި އެފަރާތްތަކުން އިވެންޓަކަށް ތައްޔާރުވުމަށް ބޭނުންވާނެފަދަ ހުރިހާ ޚިދުމަތްތަކެއް ވަނީ ހިމަނާފައެވެ. މީގެ އިތުރުން އެ ސެލޫނުން ވަނީ އެތަނުގެ ނަމުގައި ފިރިހެނުންނަށް ޚާއްސަ ޕްރޮޑަކްޓް ލައިނެެއްވެެސް ތައާރަފްކޮށްފައެވެ.

މީގެ ތެރޭގައި ބިއަރޑް އޮއިލް، ބިއަރޑް ބާމް އަދި ވޮލެޓް މިހާރު ވަނީ މާކެޓަށް ނެރެވިފައެވެ.


އެންމެ އިސްކަމެއް ދެނީ އާންމު ސާފުތާހިރުކަމާއި ރައްކާތެެރިކަމަށް:

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ގިނަ ވިޔަފާރިތަކެއް ހިންގަމުންދިޔަ ގޮތަށް ބޮޑު ބަދަލެއް އައި އިރު، އަލްފާ ޑެންގެ އޮޕަރޭޝަންތަކަށްވެސް ވަނީ ކަސްޓަމަރުންނާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން މީގެކުރިން އަމަލުކުރަމުންދިޔަ ގޮތާއި ޚިލާފަށް މިހާރު ސެލޫންގެ ޚިދުމަތްތައް ހޯދޭނީ ކުރިން ދުރާލާ އެޕޮއިންޓްމެންޓެއް ހޯދައިގެންނެވެ. އަދި ކޮންމެ ގަޑިއެއްގައިވެސް އެންމެ ގިނަވެގެން ޚިދުމަތްދޭނީ ހަތަރު ކަސްޓަމަރުންނަށްކަމަށް އަލްފާ ޑެންގެ ފަރާތުން ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ކަސްޓަމަރުން އިށީންނަ ގޮނޑިން ފެށިގެން ބޭނުންކުރާ ކަތުރަށް ދާންދެން ރަނގަޅަށް ދޮވެ ސާފުކޮށް ޑިސްއިންފެކްޓްކުރާނެކަމުގެ ޔަގީންކަން އަމާން ވަނީ ދެއްވާފައެވެ.


މިހާރު ވެބްސައިޓުންވެސް އެޕޮއިންޓްމެންޓް ހެއްދޭނެ!

އަލްފާ ޑެންގެ ފަރާތުން ވަނީ އެތަނުގެ ޚިދުމަތްތަކުގެ މައުލޫމާތު ހިމަނައި، އެޕޮއިންޓްމެންޓް ހެއްދޭނެގޮތަށް ޚާއްސަ ވެބްސައިޓެއް ތައާރަފްކޮށްފައެވެ. އެތަނުން ބުނިގޮތުގައި މިއީ ވެބްސައިޓަކުން އެޕޮއިންޓްމެންޓް ހެއްދޭނެގޮތަށް ރާއްޖޭގެ ސެލޫނަކުން ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

އަމާން ވިދާޅުވިގޮތުގައި މި ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުން ބޭނުންވާ ދުވަހެއްގައި ހުސްކޮށް ހުރި ވަގުތުތައް ފެނިގެންދާނެއެވެ. އަދި ކަސްޓަަމަރުން ބޭނުންވާ ވަގުތަކަށް އެޕޮއިންޓްމެންޓް ހަމަޖައްސޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމެންޓް ހޯދާ ކަސްޓަމަރުންނަށް މިމަހުގެ 15ވަނަ ދުވަހާއި ހަމައަށް 10 އިންސައްތަ ޑިސްކައުންޓް ލިބޭނެއެވެ.

މި ވެބްސައިޓްގެ އިތުރުން ސެލޫންގެ ހޮޓްލައިން ނަންބަރު 9528007 އަށް ގުޅައިގެން ނުވަތަ ވައިބަރކޮށްގެން، އަދި އަލްފާ ޑެންގެ ސޯޝަލް މީޑިޔާ އެކައުންޓްތަކަށް މެސެޖްކޮށްގެންވެސް އެޕޮއިންޓްމެންޓް ހެއްދޭނެއެވެ.

އަމާން އިތުރަށް ވިދާޅުވިގޮތުގައި މިހާތަނަށް އަލްފާ ޑެންއިން ހޯދާފައިވާ ކާމިޔާބީތަކުގެ ސިއްރަކީ އެތަނުގެ ކަސްޓަމަރުންނެވެ. އެހެންކަމުން މުޅި ޓީމްގެ ނަމުގައި އެފަރާތްތަކަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެތަނުގެ ބްރޭންޑް އެމްބެސެޑަރ ސައިފް ޒާހިރުގެ އެއްބާރުލުން ފާހަގަކޮށް އޭނާއަށްވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.

މީގެ އިތުރުން މިހާ ހިސާބަށް އައުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށްވެސް ޝުކުރު އަދާކުރާކަމަށް އަމާން ވަނީ ވިދާޅުވެފައެވެ.

ދެން މީގެފަހުން ފިރިހެނަކަށް ވީތީ ސެލޫނަކަށް ގޮސް ބޭނުންވާ ޚިދުމަތްތައް ހޯދައި ރީތިވާން ފަސްޖެހުމެއް ނެތެވެ. ފެންވަރު ރަނގަޅު އަދި ހެޔޮއަގުގައި ޚިދުމަތްދޭން އަލްފާ ޑެންގެ ޓީމް އޮތީ ތައްޔާރަށެވެ!

Advertisement

ކޮމެންޓް