Advertisement

އެއްވެސް ވައްކަމެއް ބެލޭނެ ގޮތެއް ނެތް: ދިޔާނާ

01 Dec 2020 | 13:42

އެއްވެސް ވައްކަމެއް ބެލޭނެ ގޮތެއް ނެތްކަމަށް އަލްއުސްތާޛާ ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކާތެރިކަމާއި ގުޅިގެން، މާލެ ފުރަބަންދުކޮށްފައި ވަނިކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެތެރޭގައި ހިންގި 8 މިލިއަން ރުފިޔާގެ ވައްކަމެއްގެ ވާހަކަ އެ ކުންފުނީގެ ޗެއާމަން މުހައްމަދު ޒަކީ (ނަޒާކީ) ހާމަކުރައްވައިފައިވާކަމަށް އިޝާރާތްކުރައްވާ ޓްވީޓް ކުރައްވަމުންނެވެ.

އެ މައްސަލައާއި ގުަލިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗެއާމަންގެ މަގާމުގައި ހުންނެވި މުހައްމަދު ޒަކީ އެކުންފުނީގެ ބޯޑްގެ މެންބަރުކަމުން ވަނީ އިސްތިއުފާދެއްވާފައެވެ.

ދިޔާނާ ވިދާޅުވީ، މުޅި ދައުލަތުގައި އޮތީ ވައްކަމާއި ހިޔާނާތް ކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީ އާއި އެމްޕީއެލްގެ އިތުރުން ޕަބްލިކް ޕްރޮކިއުމެންޓުގެ ވައްކަން ދިޔާނާ ފާހަގަކުރެއްވިއެވެ. ނަމަވެސް އެއްވެސް ވައްކަމެއް ބެލޭނެ ގޮތެއް ނެތްކަމަށް ދިޔާނާ ފާހަގަކުރެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދާދިފަހުން ނަޒާކީ ޒަކީ ވަނީ އެމްޕީއެލްގެ ތެރޭގައި ހިނގައިދިޔަ ކޮރަޕްޝަންގެ ބޮޑު އަމަލެއް މީސް މީޑިޔާއަށް ހާމަކޮށްދެއްވާފައެވެ.

އެ މައްސަލައާއި ގުޅިގެން އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުންފުނީގެ އިންޓާނަލް އޮޑިޓަރުން ރިޕޯޓެއް އެކުލަވާލާފައިވާ ކަމަށާއި އެ މައްސަލައިގައި ބަލަންޖެހޭ އިތުރު ކަންތައްތަކެއް ފާހަގަވެ، އެ ކަންކަން ތަހުގީގު ކުރުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

ޒަކީ ވަނީ އެމްޕީއެލްއިން 8 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ވަގަށް ނެގި ފަރާތްތައް، ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާ އެއްގޮތަށް ސަސްޕެންޑުނުކުރެއްވުނީތީ މައާފަށްވެސް އެދިވަޑައިގަންނަވާފައެވެ.

ފޮޓޯ:ވީ ނިއުސް

Advertisement

ކޮމެންޓް