Advertisement

މާފުށި ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފި

01 Dec 2020 | 13:24

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ކ. މާފުށި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ވިދާޅުވީ، މާފުށި ޕޮލިސް ސްޓޭޝަނުގައި އިއްޔެ ނައްތާލާފައިވަނީ 2019 ޑިސެމްބަރު 28 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ، އެކި ބްރޭންޑްތަކުގެ 37 ދަޅު ބިޔަރާއި 207 ފުޅި ބަނގުރާއެވެ.

އަދި އެ ތަކެތި ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބުނގުރާގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

އޭގެ އިތުރުންވެސް އެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންސްފައި ހުރި މަސްތުވާތަކެތި ނައްތާލުމުގެ ޚާއްސަ ހަރަކާތެއް ދޫނިދޫގައި މީގެ ކުރިން ވަނީ ބާއްވާފައެވެ.

Advertisement

ކޮމެންޓް