ތިނަދޫ ފަޅުގައި އޮތް ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އެކަކު މަރުވެއްޖެ

01 Dec 2020 | 13:21

ގދ ތިނަދޫ ފަޅުގައި އޮތް ދޯންޏެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ތެރެއިން ހާލު ސީރިއަސްވެ އިތުރު ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މިމަހުގެ 23 ވަނަ ދުވަހު ހިނގި މި ހާދިސާގައި 4 މީހަކު ފިހިފައިވާއިރު އެ ހަތަރު މީހުންނަށްވެސް ފަރުވާ ދީފައިވަނީ ޑރ.އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުންނެވެ. އޭގެ ތެރެއިން މީހަކު ވަނީ އިތުރު ފަރުވާއަށް މާލެ ފޮނުވާފައެވެ.

ގދ. ތިނަދޫ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގާފައިވަނީ ގޭސް ލީކްވެގެން ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އަލިފާން ރޯވީ "ރާސްތާ" ނަމަކަށް ކިޔާ މަސް ދޯންޏެއްގައެވެ.

އިތުރު ފަރުވާއަށް މާލެ ގެންދިޔަ މީހާއަށް ފަރުވާ ދެމުން ގެންދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގެ ވެންޓިލޭޓަރުގައި އެވެ. އެމީހާ ނިޔާވެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.

Advertisement

ކޮމެންޓް