Advertisement

ދެކުނު އިންޑިއާ ކަނޑުގައި ކޮޅިގަނޑެއް އުފެދިއްޖެ

01 Dec 2020 | 19:32

ދިވެހިރާއްޖޭގެ އިރު ދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި ކޮޅިގަނޑެއް އުފެދިފައިވާކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު އިރުދެކުނުން ގާތްގަނޑަކަށް 500 ކިލޯމީޓަރ ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ މާދަމާ ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ތޫފާން ހުޅަނގަށް ދަތުރުކޮށް ޑިސެމްބަރ 3ވަނަ ދުވަހު ސްރީލަންކާ ހުރަސްކޮށް ދެކުނު އިންޑިއާގެ އައްސޭރިފަށާ ކައިރިވާނެކަމަށް ލަފާކުރެވޭކަމަށް ވަނީ ބުނެފައެވެ.

މި ކޮޅިގަނޑު އުފެދި އަންނަމުންދާ ބަދަލުތައް މެޓް އޮފީހުން ބަލަމުންދާނެކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ރާއްޖޭގެ އިރު ދެކުނުން، ދެކުނު އިންޑިއާ ކަނޑުގައި ކޮޅިގަނޑެއް އުފެދިފައިވާކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ޑިސެމްބަރ 3ވާ ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާބަންދު ތެރެއާއި އެކު ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ވަނީ ބެލެވިފައެވެ.

Advertisement

ކޮމެންޓް