ކޭޕީއެމްޖީގެ ޕާޓްނަރަކަށް އެސްޓީއޯގެ ކުރީގެ ސީއެފްއޯ މިހާދު!

02 Dec 2020 | 12:54

ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސަލްޓަންސީ ފާރމްކަމަށްވާ ކޭޕީއެމްޖީގެ އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި އެސްޓީއޯގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރ މުހައްމަދު މިހާދު އައްޔަންކުރެވުނުކަން އެ ކުންފުނިން އިއުލާނުކޮށްފިއެވެ

މިއީ މިފަދަ ބޮޑު ކޮންސަލްޓަންސީ ފާރމެއްގެ ޕާޓްނަރެއްގެ ގޮތުގައި ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ.

" 1ޑިސެމްބަރ 2020 ން ފެށިގެން ކޭޕީއެމްޖީ މޯލްޑިވްސްގެ ޕާޓްނަރެއްގެ ގޮތުގައި މިހާދު އައްޔަންކުރުމުން މަރުހަބާ ދަންނަވަން" ކޭޕީއެމްޖީން އާދީއްތަ ދުވަހު އާއްމުކުރި ބަޔާނުގައި ބުނެފައިވެއެވެ.

އުމުރުން 26 އަހަރުގައި އެސްޓީއޯގެ ސީއެފްއޯގެ މަގާމަށް ވަޑައިގެންނެވި މިހާދް އަކީ ރާއްޖޭގެ ޕަބްލިކް ލިސްޓެޑް ކުންފުންޏެއްގެ ސީއެފްއޯގެ މަގާމުގައި ފުރުއްވި އެންމެ ޒުވާން ސީއެފްއޯއެވެ.

މިހާދު އަކީ އިނިގރޭސި ވިލާތުގެ ޗާޓެޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓްސް ގެ މެމްބަރެކެވެ. އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީން އެޕްލައިޑް އެކައުންޓިންގ އިން ބެޗެލަރސް ހާސިލްކުރައްވާފައިވާ މިހާދުވަނީ އެސްޓީއޯގައި އެގާރަ އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައެވެ.

Advertisement

ކޮމެންޓް