ހިޔާ ފްލެޓް ލިސްޓަށް މާކްސްދިން ގޮތް އަސްލަމް ވިދާޅުވެއްޖެ

03 Dec 2020 | 00:33

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓަށް ފްލެޓްތަކުގެ މައްސަލަ ކޮމެޓީން މާކްސްދިން ގޮތް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިކަން ތަފްސީލްކޮށްދެއްވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ މީހުންގެ މާކްސްއަށް އައި ބަދަލުތައް މިހާރު އާންމުކޮށްފައިވާ ލިސްޓްތަކުން ފެންނާނެކަމަށެވެ. އެގޮތުން މާކްސް އުނިއިތުރުވި ބައިތަކާއި، އިވެލުއޭޓް ނުކުރެވުނު ނަމަ އެކަންވެސް އޮންނާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އެބޭފުޅާ ވިދާޅުވި ގޮތުގައި ލިސްޓްތައް އަލުން އިވެލުއޭޓް ކުރުމަކީ ވަރަށް ގިނަ ބައެއްގެ އެދުމެކެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުގައި މީހުންނަށް މާކްސް ދީފައިވަނީ ހުށައަޅާފައި ލިޔުންތަކަށް ރިއާޔަތްކޮށް، އިތުރު ބެލުމެއް ނެތިކަމަށެވެ. ނަމަވެސް ދޭ މައުލޫމާތުގެ ސައްހަކަން ބަލާނެކަމަށް ފޯމްގައިވެސް ވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ފްލެޓް ކޮމެޓީންވެސް ހިންގާފައިވާނީ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް ކުރީ ސަރުކާރުންވެސް ހިންގަންޖެހޭ ޕްރޮސެސްކަމަށާއި، އެހެންކަމުން މީހުންނަށް ލިބުނު މާކްސް ތަފާތު ވާނެކަމަށެވެ.

Advertisement

ކޮމެންޓް