ޑިސެމްބަރ 4އިން ފެށިގެން ކޮވިޑް-19 ގައިޑްލައިނަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

02 Dec 2020 | 14:05

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އެޗްޕީއޭއިން ނެރުނު އިއުލާނެއްގައި ބުނީ ޑިސެމްބަރ 4ވަނަ ދުވަހުން ފެށިގެން ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި، މާލެއިން ރަށްރަށަށްދާ ފަރާތްތަކާއި އަދި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށްދާ މީހުންގެ ކަރަންޓީންގެ މުއްދަތަކީ ދިހަ ދުވަސްކަމަށް ހަދާފައިވާ ކަމަށެވެ. މި ފަރާތްތައް ކަރަންޓީނުން ދޫކުރެވޭނީ ނެގެޓިވް ޕީސީއާރު ޓެސްޓަކާއި އެކުގައެވެ.

މި އުސޫލަށް އަމަލުކުރަން ޖެހޭނީ ޑިސެމްބަރ 4ގެ ފަހުން ދަތުރުކުރާ ފަރާތްތަކަށެވެ.

މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށާއި އެއާޕޯޓް ހިންގާ ރަށްރަށުގައި މީހުން މާސްކް އެޅުމަށްވެސް ވަނީ އަންގާފައެވެ. އަދި ބޭރު ތެރޭގައި އުޅޭއިރު ގައިދުރުކަން ބެހެެއްޓުމަށްވެސް ވަނީ އެދިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަދިވެސް ޕޮޒިޓިވް ކޭސްތަކާއި އެފަރާތްތަކާއި ކޮންޓެކްޓްވާ ބަލިމީހުން ކަރަންޓީންގައި ތިބެން ޖެހޭނީ 14 ދުވަސް ވަންދެނެވެ.

Advertisement

ކޮމެންޓް