ފްލެޓް ލިސްޓެއް ޢިއުލާންކޮށްގެން ރޭ ދަންވަރުވެސް ފޯނުކޯލާ ހެދި ނިދެނީކީނޫން: ހައުސިން މިނިސްޓްރީ ޑިރެކްޓަރ

03 Dec 2020 | 01:21

ހިޔާ ފްލެޓް އެޗް7 ކެޓަގަރީގެ ލިސްޓް އިއުލާން ކުރުމުން ގިނަ ރައްޔިތުންތަކެއް ހައުސިންގ މިނިސްޓްރީގެ އެގްޒެކަޓިވް ޑިރެކްޓަރ މައިމޫނަށް ގުޅުމުން އެކަމާއި އުދަގޫވެ ޓުވީޓުކޮށްފިއެވެ.

ހިޔާ ފްލެޓްގެ އެންމެ ގިނަ ފަރާތްތައް ކުރިމަތިލާފައިވާ އެޗް7 ކެޓަގަރީގެ ލިސްޓް އިއުލާންކޮށްފައިވާ އިރު ބޮޑެތި މައްސަލަތަކެއް ޕޮއިންޓް ދިނުމުގައި ފާހަގަވެފައިވެއެވެ.

"‏ފުލެޓު ލިސްޓެއް އިއުލާންކޮއްގެން ރޭ ދަންވަރުވެސް ފޯނު ކޯލު އަންނަނީ ދެން ނިދެނީކީނޫން. ހިޔާ ފުލެޓުގެ ކަންކަން ބަލަހައްޓަނީ މިނިސްޓްރީއަކުން ނޫން އެމަސައްކަތް ކުރަނީ ރައީސް އޮފީސް ފުލެޓު ކޮމިޓީން. ޝކރއޔ" މައިމޫންގެ ޓުވީޓުގައި ވެއެވެ.

މިއާއެކު އާންމުންގެ ގިނަ ބަޔަކު ހައުސިން މިނިސްޓްރީގެ ޑިރެކްޓަރަށް ފާޑު ކިޔާފައިވެއެވެ.

ގިނަބަޔަކު ފާހަގަކުރާގޮތުގައި ރައްޔިތުންގެ ޓެކްސް ލާރިން މުސާރަ ނަގައިގެން ވަޒީފާގައި އުޅޭ ފަރާތްތައް ރައްޔިތުން ގުޅައިގެން އުދަގޫވާނަމަ ގޭގައި ތިބުމަށް ގޮވާލާފައެވެ.

"ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގައިގެން ވަޒީފާގައި އުޅޭ މީހުންނަށް ރައްޔިތުން ގުޅީމަ އުދަގޫވާނަމަ ވަޒީފާ ދޫޮށްފަ ގޮސް ގޭގައި މަޑުކޮށްލާ އޭރުން ނުގުޅާނެ" އައިމިނަތް ލަމްހާ ނަމަކަށް ކިޔާ މީހަކު މައިމޫންގެ ޓުވީޓަށް ރައްދު ދެމުން ބުނެފައިވެއެވެ.

ހައުސިން މިނިސްޓަރީ އަކީ ފްލެޓްތަކާއި ބެހޭ ވުޒާރާއާށް ވެފައި ރައްޔިތުންގެ ގިނަ ސުވާލުތަކަށް މި ސަރުކާރަށް 2 އަހަރުވީއިރު މިނިސްޓަރަށް އަދި މިނިސްޓްރީއަށް ޖަވާބު ދެވިފައިނުވެއެވެ.

އެގޮތުން ހިޔާ ފްލެޓް 2500 ފެލްޓް މި ސަރުކާރުން ބަދަލުކޮށް 2500 ފަރާތްތަކުން ފްލެޓް ވަނީ ގެއްލުވާލާފައެވެ. މީގެ އިތުރުން އެއް ކޮޓަރީގެ އިމާރާތްކޮށްފައިވާ ފްލެޓްތަކަކީ ވުޖޫދުގައި ނެތް ފްލެޓްތަކެއް ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވެ އޮޅުވާލާފައިވާ އިރު މި ކަމުގެ ތަފްސީލް ވެސް ރައީސް ޞާލިހްގެ ސަރުކާރުން މި ދެއަހަރު ތެރޭ ހާމަކޮށްފައެއްނުވެއެވެ.

ހިޔާ ފްެލެޓް މައްސަލާގައި އިންސާފް ވެރިކޮށް ފްލެޓް ދިނުމަށް ރައީސް ޞާލިހް އުފައްދަވާފައިވާ ކޮމިޓީ ފޯނަށް ޖަވާބު ނުދިނުމާއި ސިޓީއަށް ޖަވާބު ނުދޭ މައްސަލާގައި ގިނަ ރައްޔިތުން ވަނީ ގޮތް ހުސްވެފައެވެ.

Advertisement

ކޮމެންޓް

Advertisement