Advertisement

ދަރިވަރުން މަރުހަބާ ކިޔަންނެރުން: ފާޑުކިޔުން އަމާޒުވުމުން ރައީސް ތަރުޖަމާނު ރައްދު ދެއްވައިފި!

03 Dec 2020 | 11:43

ކޮވިޑް-19 ގެ މިހާލަތުގައި ދައުލަތުގެ އިސްވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކާއި ދައުލަތުގެ އިސް ފަރާތްތަކުން ރަށްރަށުގައި ކުރައްވަމުން ގެންދާ ހަރަކާތްތަކުގައި އެ ރަށްރަށުގެ ސްކޫލް ދަރިވަރުން ބައިވެރި ނުކުރުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހައި އިދާރާތަކަށް ސަރުކާރުން ވަނީ އިލްތިމާށްކޮށްފައެވެ.

ސަރުކާރުން މިފަދައިން އިލްތިމާސްކުރައްވާފައިވާ ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ، ދައުލަތުގެ އިސްވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މަރުހަބާ ދެންނެވުމަށް ރަށްރަށުގެ ސްކޫލް ދަރިވަރުން ނެރެގެން އެއްވެސް ހަރަކާތެއް ހިންގުމަކީ ސަރުކާރުން ތަރުހީބުދޭ ކަމެއް ނޫން ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ އެފަދަ އެއްވެސް ހަރަކާތެއްގައި ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރިކުރުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް އަދި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ވެސް، އެއްވެސް ރަށެއްގެ ސްކޫލް މަދަރުސާއަކަށް، އަދި އެއްވެސް ކައުންސިލަކަށްވެސް އަންގާފައި ނުވާނެ ކަމަށެވެ.

އެގޮތުން އެފަދަ އެއްވެސް ޙަރަކާތެއްގައި ރާއްޖޭގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ބައިވެރި ނުކުރުމަށް ދައުލަތުގެ އެންމެހައި ވެރިންނަށާޢި، ދައުލަތުގެ އެންމެހައި އިދާރާ ތަކަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ އިލްތިމާސްކުރައްވާފައެވެ.

ދާދި ފަހުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރަށްރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގައި މަދަރުސާތަކުގެ ދަރިވަރުން ބައިވެރި ކޮށްފައިވާތީ ގިންބަޔަކު އަންނަނީ އެކަމަށް ފާޑު ވިދާޅުވަމުންނެވެ.


Advertisement

ކޮމެންޓް