Advertisement

ސައްހަނޫން ޓްރާންސްފަރ ސްލިޕްތައް ފޮނުވާ ފަރާތްތަކާ މެދު ސަމާލުވާން ފުލުހުން އެދިއްޖެ

03 Dec 2020 | 18:34

މާލޭގެ ފިހާރަތަކުން މުދާ ގަތުމަށްފަހު ސައްހަނޫން ޓްރާންސްފަރ ސްލިޕް ހަދައި ވައިބަރކޮށް އޮޅުވާލައި މަކަރާއި ހީލަތުން މުދާ ހޯދަމުންދާ ފަރާތްތަކާ މެދު ސަމާލުވާން ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ފަދަ މީހުން އެކަން ކުރާކަން ފާހަގަކުރެވިފައިވަނީ އެޑިޓްކޮށް ހަދާފައިވާ ސައްހަނޫން ސްލިޕެއް، އެ ސްލިޕްގެ ތާރިހާއި ވަގުތާ އަދި ގަންނަން ބޭނުންވާ އެއްޗަކަށް އަރާ އަގު ބަދަލުކޮށް އެޑިޓްކޮށްގެން ކަމަށެވެ.

އަދި އެ ސްލިޕްގައި ޖަހާފައިވާ ގަޑީގެ ދެތިން މިނެޓް ކުރިން އެ ސްލިޕްގެ އަގަށްވާ ތަކެތި ނަގަންފިހާރައަށް ގޮސް ވިޔަފާރި ކުރުމަށްފަހު ފައިސާ ދައްކަން ބުނުމުން، ފައިސާވެސް އެކައުންޓަށް ފޮނުވައި ސްލިޕް ވައިބަރ ކޮށްފައިވާކަމަށް ވައްކަންކުރަން އައި މީހާ ބުނެއެވެ. މިހެން ބުނުމުން ފިހާރައިގެ ފޯނަށް ޓްރާންސްފަރ ސްލިޕް ވައިބަރ ކޮށްފައި އޮތްތަން ފެނުމުން ސޭޓުވެސް އެކައުންޓް ބަލައިނުލާ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން އިތުރަށް ބުނީ ޒަމާނީ ވަސީލަތްތަކާއެކު ވިޔަފާރީގެ ފަސޭހަކަން ބޭނުންކުރި ނަމަވެސް މިފަދަ ކަންކަމުގައި ފަރުވާ ކުޑަ ނުކުރުން ވަރަށް މުހިންމު ކަމަށެވެ.

އެގޮތުން އޮންލައިންކޮށް ވިޔަފާރިކުރުމަށްފަހު ފޮނުވާ ސްލިޕްތައް ފޮނުވުމުން އެކައުންޓަށް ޖަމާވެފައިވޭތޯ އާއި އެކައުންޓް ނަންބަރު ރަނގަޅުތޯ ވަގުތުން ބަލާލުމަކީ މިފަދަ ކަންކަމުން ސަލާމަތްވުމަށް ކުރެވިދާނެ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އޮންލައިން ޓްރާންސްފަރ ކޮށްފިނަމަ ކަސްޓަމަރުގެ މައުލޫމާތު ނޯޓުކުރުމަކީވެސް މިފަދަ މައްސަލަތަކުން ސަލާމަތްވުމަށްޓަކައި އެޅިދާނެ މުހިންމު ފިޔަވަޅެއްކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް

Advertisement