މޯލްޑިވްސް ޕޮލިސް ސާރވިސްގެ ރަސްމީ ނަން ބަދަލުކުރަނީ

08 Dec 2020 | 19:45

ފުލުހުންގެ އިދާރާއަށް ދެވިފައިވާ ނަން މޯލްޑިވްސް ޕޮލިސް ސާވިސްގެ ރަސްމީ ނަން "ދިވެހި ފުލުުހުންގެ ހިދުމަތް، އަށް ބަދަލުކުރުމަށް ފުލުހުންގެ ހިދުމަތުގެ ބިލުގައި ހިމަނާ ގޮތަށް އެ ބިލް ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އިން ފާސްކޮށްފިއެވެ.

އެ ބިލް ދިރާސާކޮށް ރައްޔިތުންގެ މަޖިލިހުގެ ތަޅުމަށް ފޮނުވައިފައިވާ ރިޕޯޓުގައި ބުނެފައިވަނީ އެބިލަށް ޢަމަލުކުރަން ފެށުމުން ފުލުހުންގެ ގާނޫނުގެ ދަށުން ގާއިމް ކޮށްފައިވާ މޯލްޑިވްސް ޕޮލިސް ސާވިސް މި ގާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ހިދުމަތް" ނަމަށް ބަދަލުވީ ކަމަށެވެ.

އެހެންކަމުން މޯލްޑިވްސް ޕޮލިސް ސާވިސް ގެ އެންމެހައި ގާނޫނީ ޒިންމާތަކާއި މުވައްޒިފުންނާއި އިލްތިޒާމްތަކާއި މުދަލާއި ވަސީލަތްތަކާއި އިމްތިޔާޒުތައް މި ގާނޫނުގަިއވާ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން މި ގާނޫނުގެ ދަށުން އުފެދުނު ދިވެހި ފުލުހުންގެ ހިދުމަތަށް ބަދަލުވީކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

ނަމަވެސް ފުލުހުންގެ ޚިދުމަތުގެ އިނގިރޭސިނަމެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސާރވިސް ދެމިއޮންނާނެކަމަށް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް