ޕާޓީއެއް ބާއްވަނީތަ؟ ހުޅުމާލެ ޕާޓިޑޯއަށް އަވަހަށް ޒިޔާރަތްކޮށްލާ!

14 Dec 2020 | 11:18

މީހަކަށް ލިބޭ އުފަލެއް ފާހަގަކުރުމުގެ ގޮތުން އެންމެ ގިނައިން އޭނާގެ އެކުވެރިންނާއި އާއިލީ ގުޅުން އޮތް ފަރާތްތަކުން ކުރާނެ ކަމަކީ ސަޕްރައިޒް ޕާޓީއެއް ދިނުމެވެ. ސަޕްރައިޒް ޕާޓީއެއް ނޫނަސް އުފާވެރި މުނާސަބަތުތައް ފާހަގަކުރުމަށް ޕާޓީއެއް ނުވަތަ އެއްވެލުމެއް ބޭއްވުމަކީ މިފަހަކަށް އައިސް ގިނަބަޔަކު ކުރާ ކަމެކެވެ.

މިފަދައިން ބާއްވާ އެއްވެލުން ނުވަތަ ޕާޓީތަކަށް ބޭނުންވާ ފެންވަރު ސާމާނުތައް ހޯދުން މިފަހަކަށް އައިސް ވެފައިވަނީ ކުޑަކޮށް އުނދަގޫ ކަމަކަށެވެ. އެއީ ބައެއް ފަހަރަށް ބޭނުންވާ ހުރިހާ ސާމާނެއް އެއްތަނަކުން ފެންވަރު ރަނގަޅު އަދި އަގުހެޔޮކޮށް ލިބެން ނެތުމެވެ. ނަމަވެސް ދާދިފަހުން ހުޅުމާލޭގައި ހުޅުވި ޕާޓިޑޯ އަކި މިތަކެތި މިގޮތުގައި ލިބޭނެ ތަނެކެވެ.

"ވޮއިސް" އަށް މައުލޫމާތުދެމުން ޕާޓިޑޯގެ އޮފިޝަލަކު ބުނީ ފެންވަރު ރަނގަޅު ޕާޓީއެއް ނުވަތަ އެއްވެލުމެއް ބާއްވަން ބޭނުންވާނެ ކަހަލަ ހުރިހާ ސާމާނެއް އެތަނުން ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން ބެނަރ، ޕޭޕަރ ސްޓްރޯ އަދި ޕްލޭޓް، ޕާޓީ ސެޓް އަދި ހީލިއަމް ބެލޫންވެސް ހިމެނެއެވެ.

ޕާޓިޑޯގެ އިން ހެޔޮ އަގުގައި ހީލިއަމް ބެލޫން ގަނަން ލިބުމުގެ އިތުރުން، އެޑިބަލް ކަސްޓަމައިޒް ކޭކު އަޅައިދޭކަމަކީވެސް ވަރަށް ފާހަގަކޮށްލެވޭކަމެކެވެ.

"އަޅުގަނޑުމެންނަށް ކަސްޓަމަރު ދޭންވީ ޕޮޓޯއެއް، ނޫނީ ކުރެހުމެއް ވިޔަސް. ކޭކަށް އެ ފްރިންޓް ކޮށްދެވޭނެ. އެއްވެސް ކެމިކަލްއެއްނެތި އެޑިބަލް ކޭކް ލިބެނެ ބޭނުންފުޅު ގޮތަކަށް" ޕާޓޑޯގެ އޮފިޝަލް ކިޔައިދިނެވެ.

ޕާޓިޑޯގެ ފަރާތުން ކަަސްޓަމަރުން އެދުމުން ކަސްޓަމައިޒްކޮށް ޕާޓީ ބެނަރ އަދި ޑެކަރޭޝަންތައްވެސް ތައްޔާރުކޮށްދޭކަން ފާހަގަކޮށްލެވެއެވެ. މިތަނުން ލިބެން ހުންނަ ތަކެތި ޕާޓިޑޯގެ އިންސްޓަގްރާމް ޕޭޖުން ބަލައިލެވޭނެއެވެ.

ޕާޓިޑޯގެ ފިހާރައެއް ހުޅުމާލޭގައި ހުންނާނެއެވެ. މި ފިހާރަ ހުންނަނީ ހުޅުމާލެ ބުރެވި މަގުގެ މަޝްހޫރު ޖީޖީސް ކިޗަން އެންޑް ބިސްޓްރޯ ކައިރީގައެވެ. 

މިތަނުގެ ޕްރޮޑަކްޓްތަކުގެ އިތުރު މައުލޫމާތު އިންސްޓަގްރާމް ޕޭޖަށް ޑީއެމްކޮށްގެން ނުވަތަ 9993737/ 7742525 އަށް ގުޅައިގެން ހޯދޭނެއެވެ.

Advertisement

ކޮމެންޓް

Advertisement