Advertisement

ލޯނެއް ނުދައްކައިގެން އއ.މާގަ ރިސޯޓު ވިއްކާލަނީ

06 Dec 2020 | 11:54

ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ދޫކޮށްފައިވާ އއ.މާގަ ހެދުމުގެ މަސައްކަތްކުރުމަށް ދީފައިވާ ލޯނެއް ނުދައްކައިގެން އެ ރަށް ވިއްކާލުމަށް ޢިޢުލާންކޮށްފިއެވެ.

ހަބީބް ބޭންކުން ނެރެފައިވާ ޢިޢުލާނެއްގައި ބުނެފައިވަނީ އެ ރަށް ވިއްކާލުމަށް ނީލަމަށް ހުޅުވާލައިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.އަދި ނީލަން ފެށޭ އަގަކަށް ބުނެފައި އޮތީ 4.25 މިލިއަން ޑޮލަރަށެވެ.

މި ބަޔާނުގައި ބުނެފައިވާ ގޮތުން ނީލަން ހުށަހަޅާއިރު އަނބުރާ ނުލިބޭ ގޮތަށް 5000 ޑޮލަރުގެ ޑިޕޮސިޓެއް ހުށަހަޅަން ޖެހޭނެކަމަށް ބުނެފައިވެއެވެ.އޭގެ އިތުރުން ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން ހުށަހަޅާ އަގުގެ 10 އިންސައްތަ އަންނަ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހުގެ ކުރިން ދައްކަން ޖެހޭނެއެވެ.އަދި ބާކީ ހުންނަ ބައި ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ކުރިން ދައްކައި ޚަލާސް ކުރަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ޢިޢުލާނުގައި ބުނެފައިވާ ގޮތުން އެރަށުގެ ލީސް މުއްދަތެއްގެ ގޮތުގައި 44 އަހަރު އޮތްއިރު މިހާރުގެ ލީސް މުއްދަތު ހަމަވާނީ 2064 ވަނަ އަހަރުއެވެ.

Advertisement

ކޮމެންޓް