Advertisement

ރާއްޖެ އީވޯޓިންއަށް ތައްޔާރެއްނޫން - ފުއާދު ތައުފީގް

26 Nov 2018 | 23:42

ރާއްޖޭގައި އިންތިހާބުތަށް އީވޯޓިންއަށް ތައްޔާރު ނޫންކަމަށް ކުރީގެ އިލެކްޝަން ކޮމިޝަނަރ ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.

ރާއްޖޭޓީވީ ފަރަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފުއާދު ވިދާޅުވެފައިވަނީ އިލެކްޝަން ކޮމިޝަނަކީ ރައްޔިތުން 100% އިތުބާރުކުރާތަނަކަށް ވެގެން ނޫނީ އީވޯޓިންއަކަށް ނުދެވޭނެކަމަށެވެ.

އެމަނިކުފާނު އިލެކްޝަން ކޮމިޝަނާ ހަވާލުވެ ހުންނެވި ދުވަސްވަރު ވަނީ ރައްޔިތުންގެ އިތުބާރު ހޯދޭތޯ ނުހަނު ގިނަ މަސައްކަތްތަކެއް ކުރައްވާފައި ކަން ފާހަގަކުރެއްވިއެވެ. ނަމަވެސް އީވޯޓިންއަށް ދާވަރަށް އިތުބާރު ދައްކައި ނުދެވުނު ކަމަށް ފުއާދު ވިދާޅުވިއެވެ.

އެއާއި ހިލާފަށް މިހާރުގެ އިލެކްޝަން ކޮމިޝަނުން ކަންތައް ކުރައްވަމުން އައީ ރައީސް އެދުނުހާ ގޮތަކަށް ކަން ފާހަގަކުރައްވައި، އެއީ ރައްޔިތުންގެ އިތުބާރު މުޅި މުއައްސަސާއަށް ގެއްލުނު ކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރާއްޖެއަކީ ވޯޓުލުމުގައި ނަމޫނާ ނިޒާމެއް އޮންނަ ޤައުމެއްކަން ވަނީ ފާހަގަކުރައްވައި، މިކަން މިގޮތަށް ކުރިއަށް ގެންދިޔުމަކީ ވަރަށް އެދިވަޑައިގަންނަވާ ކަމެއްކަމުގައި ކުރީގެ އިލެކްޝަން ކޮމިޝަނަރ ފުއާދު ވިދާޅުވިއެވެ.

ފުއާދު ތައުފީގު ވަނީ 3 އަހަރު ދުވަހު ސްރީލަންކާއަށް އަރުވާލެވިގެން ހުންނެވުމަށް ފަހު މާލެ ވަޑައިގެންފައެވެ. 

Advertisement

ކޮމެންޓް

Advertisement