Advertisement

ކޮވިޑް ވެކްސިން ރާއްޖެއަށް ހޯދުމަށް އެހީވެދޭނަން: ޑަބްލިއުއެޗްއޯ

08 Dec 2020 | 06:22

ކޮވިޑް-19ގެ ދިނުމަށް ދުނިޔެ ތައްޔާރުވަމުން އަންނަ ވެކްސިން ރާއްޖެއަށް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބް ޑރ.އަރްވިންދު މާތުރް ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު ކުރެއްވި ވަދާޢީ ޒިޔާރަތުގައެވެ.

ޑރ.އަރްވިންދު ވިދާޅުވީ، ރާއްޖެއިން ކޮވިޑް ވެކްސިން ހޯދުމުގައި ކުރައްވަމުން ގެންދަވާ މަސައްކަތްކަަށް އެ ޖަމްޢިއްޔާއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ކޯވެކްސް ފެސިލިޓީގައި ރާއްޖެއިން ބައިވެރިވެފައިވާތީ އެ ނިންމުމަށްވެސް އެބޭފުޅާ ވަނީ މަރުޙަބާ ދަންނަވާފައެވެ.

މިބައްދަލުކުރެއްވުމުގައި ޑރ.އަރްވިންދު މާތުރަ ވަނީ ކޮވިޑް ގެ މިހާލަތުން އަރައިގަތުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސް ޞާލިޙްގެ ނިމުނު ދެއަހަރު ތެރޭގައި ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކޮށްފައިވާ ގިނަގުނަ މަސައްކަތްތަށް ފާހަގަކޮށް އެކަމަށް ތަޢުރީފް ކުރައްވާފައިވެއެވެ.

އޭގެ އިތުރުން މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ޙާލަތުން އަރައިގަތުމަށް އެ ބަލީގެ ވެކްސިން ހޯދުމުގައި އެޖަމްޢިއްޔާގެ އެހީތެރިކަން ލިބޭނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް

Advertisement