Advertisement

އެމްއެމްޕީއާރުސީގެ ފައިސާ އިބޫ ހޯއްދަވާނީ ކިހިނެއް؟ - ރައީސް ޔާމީން

26 Sep 2018 | 10:35

ރިޔާސީ އިންތިހާބުގެ ނާކާމިޔާބީ ޤާބޫލުކުރެއްވުމަށްފަހު ރައީސް ޔާމީންގެ ދައުވަތަކަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކުރެއްވި ބައްދަލުވުމުގެ ވާހަކަތައް އިދިކޮޅު ކޯލިޝަންގެ މަޖްލިސް މެންބަރުންނާ އިބޫ ވަނީ ހިއްސާ ކުރައްވާފައެވެ.

މީގެތެރެއިން އެންމެ ފާހަގަކޮއްލެވޭ ވާހަކައަކީ އެމްއެމްޕީއާރުސީ ގެ ފައިސާ ހޯއްދަވާނެ ގޮތަކާމެދު ދެކެވުނު ވާހަކަތަކެވެ.

ރައީސް ޔާމީން އެއްސެވި ކަމަށް ވަނީ އިބޫ އެ ފައިސާ ހޯއްދަވަނީ ކިހިނެއްހޭ؟ ތިމަން މަނިކުފާނަށް ވެސް އެ ފައިސާ ނު ހޯއްދެވުނުއިރު އިބޫ ހޯއްދަވާނެ ގޮތަކީ ކޮބައިހޭ؟ އަދީބް އެ ފައިސާ ނުދެއްވާނެ ކަމާއި ފައިސާ ހޯދަން 10 މީހުންނާ އެކު އަދީބް ބޭރަށް ފޮނުވިޔަސް ފިއްލަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ކުނޫޒް ބައްދަލުވުމުގައި ބައިވެރިވި އިދިކޮޅު މަޖްލިސް މެންބަރުން މައުލޫމާތު ދެއެވެ.

މި ރިޔާސީ އިންތިހާބުގައި އިދިކޮޅުން ވި އެންމެ މުހިއްމު އެއް ވައުދަކީވެސް އެމްއެމްޕީއާރުސީ ގެ ހިޔާނާތުގެ ފައިސާ ދައުލަތައް ހޯއްދަވައި ދެއްވުމެވެ.

މިވައުދަކީ އިދިކޮޅަށް ފުއްދަން ފަސޭހަވާނޭ ކަމަކަށް ނުފެނެއެވެ. ސަބަބަކީ މި މައްސަލާގައި އެންމެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވަނީ ކޯލިޝަން ޕާޓްނަރެއް ކަމުގައި ވާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބައް ކަމައްވުމެވެ.

Advertisement

ކޮމެންޓް