Advertisement

ފޮރިން މިނިސްޓަރ ޝާހިދު އިންޑިއާގެ ރައީސް ކޮވިންދު އާ ބައްދަލުކުރައްވައިފި

27 Nov 2018 | 13:14

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ރައީސް ރާމް ނާތް ކޮވިންދު އާ ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދު މިހާރު އިންޑިއާކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ރައީސް ކޮވިންދު އާ ބައްދަލު ކުރައްވާ ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިއީ އިންޑިއާ އާ ރާއްޖޭގެ ގުޅުމުގެ އާފެށުމެއް ކަމަށާއި އެކުގައި މަސައްކަތް ކުރަންފާށާ އާފަތިހެއް ކަމަށެވެ.

ރައީސް ކޮވިންދު ހުންނަވާ ރަސްމީގެކޮޅުގައި ބޭއްވި މިބައްދަލުވުމގައި އިންޑިއާގެ ރައީސް ކޮވިންދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް މަރުހަބާ ދަންނަވާފައެވެ.

މިނިސްޓަރ ޝާހިދު މި ދަތުރުފުޅުގައި އެމަނިކުފާނުވަނީ އިންޑިއާގެ ރައީސްގެ އިތުރުން ޑިފެންސްް މިނިސްޓަރ އަދި އެކްޑާނަލް އެފެއާރޒް މިނިސްޓަރާވެސް ބައްދަލުކުރައްވާފައެވެ.

ދެދުވަހުގެ މުއްދަތަކަށް ދެމިގެންދާ މިދަތުރުފުޅުގައި ފުރާ ވަޑައިދަތުމުގެ ކުރިިން މިނިސްޓަރ ޝާހިދު ވިދާޅުވީ މިދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނީ އިގްތިސާދީ ގޮތުން އިންޑިއާޔާ އެކު އިތުރަށް ގުޅުން ބަދަހި ކުރުމާއި އެހެން ގައުމުތަކެކޭ އެއްގޮތަށް އިންޑިއާގެ އިންވެސްޓްމަންޓްތައް ވެސް ރާއްޖެއަށް އިތުރު ކުރުމަށް ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement