ކޮވިޑް ވެކްސިން ދިނުމުގައި އިސްކަންދޭނެ ފަރާތްތައް ހާމަކޮށްފި

10 Dec 2020 | 19:10

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ކޮވިޑް ވެކްސިން ދިނުމުގައި އެންމެ އިސްކަންދޭނެ ފަރާތްތައް އާންމުކޮށްފިއެވެ.

މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ، ވެކްސިން ލިބޭނީ ބައިބަޔަށް ބަހައިގެން ކަމަށާއި، އޭގެ އިތުރަށް ކުރާ މަސައްްކަތުގެ ތެރެއިންވެސް ވެކްސިން ލިބޭނީ އެއްފަހަރާ ނޫން ކަމަށެވެ. އަދި ރާއްޖޭގައިވެސް ވެކްސިން ޖެހޭނީ ކޮންކޮން ފަރާތްތަަކެއްގެ ކަން ތަރުތީބެއް ކަނޑައެޅިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ގޮތުން ކޮވިޑް ވެކްސިން ދިނުމުގައި އެންމެ އިސްކަމެއް ދީގެން ދޭނެ ފަރާތްތަކަކީ ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މަސައްކަތް ކުރާ މީހުންނާއި، ބަލިޖެހި ބޮޑުވަރުވެދާނެ ފަދަ މީހުންނަށާއި، ހިދުމަތްދޭ ސިއްހީ ހިދުމަތްތެރިންނާއި، ނޫނީ ސީދާ ކޮވިޑް-19 ބައްޔަށް ހުށަހެޅޭ މީހުންނަށް ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ކޮވިޑް-19 ޖެހިއްޖެ ނަމަ ބޮޑުވަރު ވެދާނެ މީހުންވެސް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ، މިކަމާއި ގުޅޭގޮތުން ޢާންމުންނަށް އެކި ގޮތްގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.އަދި ވެކްސިން ހެސިޓެންސީއާއި ދެކޮޅަށް ވަކި ސްޓްރެޓަޖީއެއްގެ ދަށުން މަސައްކަތް ކުރެވެމުންދާނެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް