އަފްޣާނިސްތާނުގެ މަޝްހޫރު އަންހެން ނޫސްވެރިޔާ މަލާލާއަށް ބަޑިން ހަމަލާދީ މަރާލައިފި

11 Dec 2020 | 13:48

އަފްޣާނިސްތާނުގައި މަސައްކަތްތެރިންނާ އަންހެނުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދިޔަ އަންހެން ނޫސްވެރިއެއްކަމަށްވާ މަލާލާ މައިވަންދުއަށް ބަޔަކު ބަޑިން ހަމަލާދީ މަރާލައިފިއެވެ.

ބައިނަލްއަގްވާމީ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މަލާލާއަށް އިއްޔެ ހަމަލާދީފައިވަނީ އަފްޣާނިސްތާނުގެ ޖަލާލްއާބާދުގައި ވަޒީފާ އަދާކުރުމަށް ކާރުގައި ދަތުރުކުރަމުން ދަނިކޮށެވެ. މި ހަމަލާގައި މަލާލާގެ އިތުރުން އޭނާގެ ޑްރައިވަރުވެސް ވަނީ ނިޔާވެފައެވެ.

މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ. ނަމަވެސް ހަމަލާދިން މީހުން އެ ސަރަހައްދު ދޫކޮށް ވަގުތުން ފިލައިގެންދިޔަ ކަމަށް ޖަލާލްއާބާދު ޕްރޮވިންސްގެ ގަވަރނަރުގެ ތަރުޖަމާނު އެގައުމުގެ މީޑިޔާތަކަށް ވަނީ މައުލޫމާތުދެއްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަފްޣާނިސްތާނުގައި އަންހެން ނޫސްވެރިންނަށް އަމާޒުކޮށް މީގެކުރިންވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް ދީފައެވެ. މީގެ ބައެއް ހަމަލާތަކުގައި ބައެއް ފަރާތްތައް ވަނީ ނިޔާވެފައެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާރސް އިން ސިފަކުރާ ގޮތުގައި އަފްޣާނިސްތާނަކީ ނޫސްވެރިންނަށް އެންމެ ނުރައްކާތެރި ގައުމެވެ.

Advertisement

ކޮމެންޓް