ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 18 މީހުން!

12 Dec 2020 | 05:16

ދިވެހިރާއްޖެއިން އިތުރު 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 18 ބމީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުން ޕޮޒިޓިވްވި 16 މީހުންނާއި ރިސޯޓް ތަރައްޤީކުރަމުންދާ ރަށްރަށުން ޕޮޒިޓިވްވި 01 މީހަކު އަދި މީހުން ދިރިއުޅޭ ރަށެއްގެ މީހަކުވެސް ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،326 އަށް އަރާފައެވެ. މީގެ ތެރެއިން 60 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 12،640 އަށް އަރާފައެވެ.

Advertisement

ކޮމެންޓް